ސަނީ އުމަރު ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ކޯޓު އަމުރަކާއެކު އަނެއްކާ ހައްޔަރުކޮށްފި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ ހުސައިން ސަނީ އުމަރު
SHARE
ހައްޔަރުކޮށް ދޫކޮށްލުމަށްފަހު، ކޯޓު އަމުރަކާއެކު އަނެއްކާސަނީ އުމަރު ހައްޔަރުކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ސަނީގެ މައްޗަށް ކުރެވުނު އިރު އޭނާ ހުރީ ރާއްޖޭން ބޭރުގައެވެ. އެއަށްފަހު, އިއްޔެ އޭނާ ރާއްޖެ އައުމާއެކު އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައެވެ.
އެހެން ނަމަަވެސް އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނުމަށްފަހު، ސަނީ އުމަރު ރާއްޖެއިން ފުރައިން ދާން އުޅުނުކަމުގެ ތުހުމަތުގައި ރޭ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ އެއަށްފަހު ވަނީ ދޫކޮށްލައިފައެވެެ. އެހެން ނަމަވެސް, އެ ފަހަރު އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.
މިއަދު އަނެއްކާ ވެސް މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ އަލުން ހައްޔަރުކޮށްފައެވެ.
ސަނީ އުމަރު އަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ ހިއްސާދާރާކެވެ.
.png&w=3840&q=75)
އޭނާގެ މަށްޗަށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މަށްސަލަ ރިޕޯޓު ކޮށްފައިވަނީ މިދިޔަ މަހު 30 ގައެވެ.
ސޯޝަލް މީޑިއާއަށް އާންމުވެފައިވާ މައުލޫމާތުތަކުން މައުލޫމާތު ލިބުނު ގޮތުގައި ސަނީ އުމަރު ވަނީ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





