ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޔޫގައި ޕެނަލް ޑިސްކަޝަންއެއް
ބަނީން މާލިކް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަން އެމްއެންޔޫގައި ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން
SHARE
ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޙާއްޞަ ޕެނަލް ޑިސްކަޝަން ފޯރަމެއް މިއަދު ވަނީ ބާއްވާފައެވެ.

މި ފޯރަމަކީ ޔުނިސެފް އަދި ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެނ.ްޔޫ)ގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އިން ގުޅިގެން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.
އެމްއެންޔޫއިން ބުނި ގޮތުގައި މި ޕެނަލް ޑިސްކަޝަން ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމީ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކާ، އެކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް އެކަންތައްތައް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.
މި ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ހަ ބޭފުޅަކު ވާހަކަ ދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ތެރޭގައި ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދިލާ ރުޝްދީ އާއި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވޮލޮޕްމަންޓަލް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ ޢަލީ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޔުނިސެފް މޯލްޑިވްސްގެ އިންކުލޫސިވް އެޑިޔުކޭޝަން އޮފިސަރު ފާތިމަތު ލަމްޙާ އިމްތިޔާޒާއި، ޞަލާހުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އަދި ނުކުޅެދޭ ކުދިންގެ ފަރާތުން އާއިޝަތު ނަޒާހަތު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ސިނިޔަރ ލެކްޗަރަރ މަރިޔަމް އަޒުރާ އަބްދުއް ރަހީމް ވެސް ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޑިޕާރޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އާދިލާ ރުޝްދީ ވިދާޅުވީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައި ދިނުމަށްޓަކައި 2021 ވަނަ އަހަރު އެކުލަވާލެވުނު 9 އަސާސްގެ ދަށުން އުނގަންނައިދިނުމުގައި މުޅި މުޖުތަމަޢު ޝާމިލްވުން ބޭނުންވާކަމުގައެވެ.
.png&w=3840&q=75)
ޞަލާހުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތް ތައުލީމީ މަންހަޖުގެ ތަސައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުމާއި، ހުރިހާ ކުދިން ޝާމިލުކުރުން ކަމަށެވެ.
މިފޯރަމަކީ ދާއިރާގެ އެކި މާހިރުންނާ، ސަރުކާރުގެ އިސްވެރިންނާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މި ފޯރަމްގެ މަޤްސަދަކީ ހަމަހަމަ ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ބޭނުންވާ މުހިންމު މަޝްވަރާތައް ކުރުމާއި، މި ދުވަހުގެ މުނާސަބަތުގައި އެކަމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




