logo

ހަމަޔަށް ޔުނީފޯމު ފެއްތީމާ ވެސް ވީ ގޯސް: މިއީ ވެސް ބަހުސްކުރަން ޖެހޭ ކަމެއް؟

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

7 ޑިސެމްބަރު 2025 - 08:00
ހަމަޔަށް ޔުނީފޯމު ފެއްތީމާ ވެސް ވީ ގޯސް: މިއީ ވެސް ބަހުސްކުރަން ޖެހޭ ކަމެއް؟

އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

SHARE

މި ވާހަކަ ދެއްކީމާ ވެސް ގޯސްވާނީ އަޅުގަނޑެވެ. އެހެން ނަމަވެސް މި ވާހަކަ ނުދައްކައި ފަރުޖައްސާނެ ގޮތެއް ނެތެވެ. މިއީ ދައްކަން ޖެހޭ ވާހަކައެކެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ދައްކަން މި އުޅެނީ، އަޅުގަނޑުމެން ދިވެހިންނަށް "ރަނގަޅު އެއްގޮތެއް ވެސް ނޯންނާނެ"އޭ މީހުން ޢާންމުކޮށް ބުނެއުޅޭ ވާހަކައެވެ. މީގައި މަޖާކަމަކީ އެހެން ބުނާ ގިނަ މީހުންނަށް ވެސް ރަނގަޅު ގޮތެއް ނޯންނަކަމެވެ. ކަމެއްގައި ރަނގަޅު މަގެއް ދެއްކި ނަމަވެސް، އެކަން ވެސް އިސާހިތަކު ގޯސްވެދެއެވެ. ގޯސްގޮތް ވެސް ރަނގަޅުވެދެއެވެ. އޭގެ ކިތަންމެ މިސާލުތަކެއް ވެސް ފެންނަން އެބަ ހުއްޓެވެ.

ދުންފަތުން ދުރު ބަޔަކަށް ދިވެހިން ހެދުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަކީ އޭގެ ބޮޑު ހެއްކެކެވެ. އަަހަރު ފެށުނު ފަހުން ވޭޕް ބޭންކުރުން ސަރުކާރުން މަނާކުރިއެވެ. ސިއްޚީ އެތައް ބަޔަކާއި ތަޢުލީމީ ދާއިރާގެ އެތައް މަސައްކަތްތެރިން ސަރުކާރަށް ކުރި ޕްރެޝަރާއި އެކު ސަރުކާރަށް ފެނުނީ ރާއްޖޭގައި ވޭޕް ބޭންކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އެއީ ޒުވާނުންގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ވެސް ނަގަންޖެހޭ ނިންމުމެއް ކަމަށް ސަރުކާރުން ނިންމިއެވެ.

ހަމައެއާއި އެކު ވަކި އުމުރަކުން ފެށިގެން ރާއްޖޭގައި ދުންފަތް ބޭނުންކުރުން ސަރުކާރުން އެއްކޮށްހެން މަނާވެސް ކުރީއެވެ. ހަމަ ދުންފަތް މަނާކުރުމުގެ ޤާނޫނަށް ގެނައި އިސްލާހާއި އެކު މި އަހަރުގެ ނޮވެމްބަރުން ފެށިގެން 2007 އިން ފެށިގެން އުފަންވެ ނުވަތަ އުފަންވާނެ ޒުވާނުންނަށް ދުންފަތް މަނާވީއެވެ.

undefinedދުންފަތް މަނާކުރުމުގެ ޤާނޫނުގެ އިސްލާޙު ރައީސް ތަސްދީޤުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

/

އޭގެ ޒާތުގައި އެކަމަކީ ކިތަންމެހާ ވެސް ރަނގަޅުކަމެކެވެ. ހަމަގައިމުވެސް ދުންފަތުގެ ތެރެއަށް ގޮސް، މުޅި ޖީލެއް ހަފުސްނުވާނެކަން އެކަމުން އުންމީދާއި ޔަގީންކަން ދިނެވެ. އެއީ އެކަން ހުއްޓުވަން ބޭނުންވި އެންމެ މުހިންމު ހަރުދަނާ ފިޔަވަޅެވެ. އެހެން އެއްވެސް ސަރުކާރަކަށް ނަގަން ނުކެރުނު ހިތްވަރުގަދަ ނިންމެވުމަކީ އެއީއެވެ.

އެހެން ނަމަވެސް ކުރާނީ ކީއްތޯއެވެ. މިއީ ދިވެހިރާއްޖެއެވެ. ރަނގަޅު އެއްގޮތެއް ވެސް، ރައްޔިތުންނަށް ނޯންނަ ދިވެހިރާއްޖެއެވެ. ވޭޕް ބޭންކުރުމުން އެއްބަޔަކު ގޮވަން ފެށީ ފަތިވަރަކީ، ސަރުކާރުން ދިވެހި ޒުވާނުން "ބިޑި އޮޅަން ޖައްސުވައިފި" ކަމަށެވެ. ވެރިރަށް މާލެ އަދި ހުޅުމާލެ ތެރޭގައި ދުއްވި ޕިކަޕުތަކުގައި ލައުޑް ސްޕީކަރު ޖަހައިގެން، ލަވަ ހަދައިގެން އެ ފަތިވަރު ގޮވަން ފެށިއެވެ. ސިޔާސީ ޕާޓީތަކުގެ ބޮޑެތި ޖަލްސާތަކުގައި ވެސް ގޮވަން ފެށީ އެ ފަތިވަރެވެ. މި ސަރުކާރު ގޯސްކުރުމަށް ދައްކާ އެއްހުއްޖަތަކަށް އެކަން ވެއްޖެއެވެ.

ނުވިތާކަށް، ތިމަންނާމެންނަށް ވެރިކަން ލިބިއްޖެނަމަ، "ރައްޔިތުން ބޭނުންވާނަމަ" އެ ދެކަންތައް ބަދަލުކުރާނެ ކަމަށް ވެސް ހަމަ އެ މީހުން ކިޔަން ފަށައިފިއެވެ. އެ ބުނުމަށް ބޮޑެތި ހެޑްލައިންތައް ޖަހައި، އެންމެން އަތް ޖަހައި ވެސް ހެދީއެވެ.

undefinedއެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމައީލް: އޭނާ ވިދާޅުވީ ވެރިކަން ލިބިއްޖެނަމަ، "ރައްޔިތުން ބޭނުންވާނަމަ" އެ ދެކަންތައް ބަދަލުކުރައްވާނެ ކަމަށް -- ފޮޓޯ: އެމްޑީޕީ

/

ދުންފަތް މަނާކުރުމަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރިކަންކަމަށް ވިޔަސް ކުރާނީ ކީއްތޯއެވެ. މިއީ ދިވެހިރާއްޖެއެވެ. ރަނގަޅު އެއްގޮތެއް ވެސް ނޯންނަ ދިވެހިރާއްޖެއެވެ.

މިއީ ހަމަ އެންމެ މިސާލެކެވެ. ދެން މި އުޅެނީ އަސްލު މައުޟޫއަށް ޖެހިލާށެވެ. އެއީ މިފަހުން ތައުލީމީ ވުޒާރާއިން ނެރުނު، ސްކޫލު ދަރިވަރުންގެ އައު ޔުނީފޯމުގެ ޤަވާއިދު ނުވަތަ އުސޫލެވެ.

އެ އުސޫލުގައި އިން އެއް ކަމެއް ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ހުޅުހިފައިފިއެވެ. ކުރީގެ ރައީސުންނާއި، ވަޒީރުންނާއި، މެންބަރުންނާއި، ނޫސްވެރިންނާއި އަދި އެނޫންވެސް ފަރާތްތައް އެމީހުންގެ ޝުޢޫރުތައް ފާޅުކުރަން ފަށައިފިއެވެ.

މަޑުމަޑުން އޭގެ ކޮންމެ ޝުޢޫރެއް ވެސް ކިޔައިލީމެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ގްރޭޑް ހަތަރަކުން ފެށިގެން މަތީގެ އަންހެން ކުދިން ފަޓުލޫނު ލާން ޖެހުމެވެ.

އަޅުގަނޑުގެ ނަޒަރުގައި އެއަކު އެއްވެސް މައްސަލައެއް ނެތެވެ. ފަޓުލޫނު ވެސް ލާންވީއެވެ. އަތްދިގު ވެސް ކުރަންވީއެވެ. ސައްތައިން ސައްތަ މި ރާއްޖޭގެ މަދަރުސާތަކުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ގެންގުޅެން ޖެހޭނީ ދީނީ ހަމައެވެ. މިއީ ސެކިއުލާ ވުމެއް ވެސް ނޫނެވެ. މިއީ އެކަން އޮންނަން ޖެހޭ ހަމައެވެ.

undefinedއަހްމަދިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް

އެހެން ނަމަވެސް މަދަރުސާއިން ބޭރުން އެމީހަކު ބޭނުން ހެދުމެއް ލުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އެކަން ބަދަލުކުރަން ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ވެސް ނޯންނާނެއެވެ.

އެހެން ނަމަވެސް، އެކަން ވެސް މާ ބޮޑު ކަމަކަށް ވެއްޖެއެވެ. ފަޓުލޫނެއް ލުމަކީ ކުދިން "ގަދަކަމުން ދީނީކުރުވަނީ" ކަމަށް ގޮވަން ފަށައިފިއެވެ. އެގޮތް ހުތުރުކަމަށް ވެސް ބުނާ މީހުން މަދެއް ވެސް ނޫނެވެ. ހަމަ ގައިމު ވެސް ސޯޝަލް މީޑިޔާގައި ޚިޔާލު ފާޅުކުރާ ވަރަށް ގިނަ މީހުން އެކަމާއި ދެކޮޅެވެ.

އެކަމަކު ދަންނަވަންތޯއެވެ. ކުރަން ރަނގަޅުކަންކަމަކީ މިއީ ނޫންތޯއެވެ. ކުރަންޖެހޭ ވެސް ކަންކަމަކީ މިއީ ނޫންތޯއެވެ. މި ރާއްޖޭގެ އިޖްތިމާއީ ފޭރާން ވިއްސިވިހާލުވުމުގެ މާކުރިން ވެސް މި ފިޔަވަޅު އަސްލު ނަގަން ނުޖެހޭތޯއެވެ. މިހާރު ވެސް މިފަދަ ފިޔަވަޅުތައް ނަގަން ލަސްވެސް ވެއްޖެ ނޫންތޯއެވެ.

މިފަދަ ކަންކަމަށް މަރްޙަބާކިޔަން ޖެހެއެވެ. އެއީ މިފަދަ ކަންކަމަކީ މުޅި މުޖްތަމައުގެ ފައިދާއަށްޓަކައި ކުރެވޭ ކަންކަމަށްވާތީއެވެ. ކުރާ ކޮންމެ ކަމަކަށް ފާޑުކިޔާނަމަ، މި ރާއްޖެ އަބަދުވެސް ދާނީ ފަހަތަށެވެ. އުމްރާނީ ގޮތުން ކުރިއެރި ނަމަވެސް، ވިސްނުން ތަރައްގީނުވާނަމަ އެއީ ތަހުޒީބުވުމެއް ނޫނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/