ތިނަދޫގައި ބޮޑު ދިދައެއް ނަގަނީ، ކޮން ދިދައެއް ކަމެއް ނޭނގެ
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ތިނަދޫގެ ބޮޑު ދިދަ ހެދުމުގެ މަސައްކަތް ކުރިޔަށްދަނީ -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލު
SHARE
ތިނަދޫ ސިޓީގެ ބަނދަރު ސަރަހައްދުގައި ބޮޑު ދިދައެއް ނެގުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ސިޓީ ކައުންސިލުގެ މޭޔަރު ސައިދު އަލީ ވިދާޅުވެއްޖެއެވެ.

ދިދައިގެ މަސައްކަތާއި ގުޅޭ ގޮތުން "ނުކުތާ" އަށް ސައުދު ވިދާޅުވީ، ދިދަ ނެގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަނީ އެ ސިޓީގެ ކައުންސިލުން ކަމަށެވެ.
އެ ޕޯސްޓުގައި ހުންނާނީ ކޮން ދިދައްތޯ ސުވާލުކުރުމުން ސައުދު ވިދާޅުވީ، އެއީ ސަޕްރައިޒެއް ކަމަށެވެ. އަދި އެކަމަށް ދިޔަ ޚަރަދެއް ވެސް ސައުދު ހާމަކުރައްވައިފައެއް ނުވެއެވެ.
ތިނަދޫގެ ބޮޑު ދިދަ ހެދުމުގެ މަސައްކަތް ކުރިޔަށްދަނީ -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލު
"މިފަދަ ޕްރޮޖެކްޓެއްގެ ބޭނުމަކީ ރަށު ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުން،" މޭޔަރު ސައިދު ވިދާޅުވިއެވެ.

އެ ދިދަ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.




