ހުޅުމާލެފޭސް 3ގެ ބިން ހިއްކުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމައި ގޯތި ދެވޭނެ: ރައީސް

ފާޠިމަތު ހިބާ

ރައީސް ހެންވޭރުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
SHARE
ހުޅުމާލެފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށްފަހު، ގޯތި ދެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކަލާފާން ސްކޫލް ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވުން ރައީސް ވިދާޅުވީ ހުޅުމާލެފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެފޭސް ތިނެއްގެ މަސއްކަތް މި ޑިސެމްބަރު މަހު ނިންމޭނެއެވެ. އަދި މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި ގޯތިތަށް ހަވާލުކުރަން ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ފޭސް ދޭއްވެސް ދިން ގޮތަށް ބިން އޮތް ތަނަކުން ގޯތި ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގުޅީ ފަޅުން ލިބުނު ގޯތިތަށްވެސް ކެންސަލް ނުކުރާ ކަމަށާއި އެންމެނަށް ގޯތި ލިބޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް އެފަދައިން ވިދާޅުވިއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމަށް ދެ ޑްރެޖަރެއް ބޭނުންކޮށްގެން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް 30 ހެކްޓަރުގެ ބިން ވަނީ ހިއްކައިފައެވެ.

ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!





