logo

ފާޚާނާއެއްގެ ތެރޭގައި ކާބޯތަކެތި ހަދައި ވިއްކި ބަޔަކު ހައްޔަރުކޮށްފި

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

8 ޑިސެމްބަރު 2025 - 09:28
ފާޚާނާއެއްގެ ތެރޭގައި ކާބޯތަކެތި ހަދައި ވިއްކި ބަޔަކު ހައްޔަރުކޮށްފި

ރޭގަ އިމިގްރޭޝަނުން އަތުލައިގައިން ބިދޭސީންތައް ކައްކަން ތައްޔާރު ކޮށްފައި ހުރި ތަކެތި--ފޮޓޯ/ އިމިގަރޭޝަން

SHARE

އެއްވެސް ކަހަލަ ސާފުތާހިރު ކަމެއްނެތި ފުޅާ ދާއިރާއްގައި ކާބޯތަކެތި ހަދައި ވިއްކަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރޭ އިމިގްރޭޝަނުން މާލޭގެ ދިލްކުޝާގޯޅީގައި ހިންގި މި ރެއިޑުގައި 18 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި އޮޕަރޭޝަންގެ ދަށުން ބަލައި ފާސްކޮށްފައި ވަނީ މިފަދަ ކާބޯތަކެތި ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި އަދި ބިދޭސީން ދިރިއުޅެމުން ދިޔަ ހަތަރު އެކޮމޮޑޭޝަން ބްލޮކެކެވެ.

އިމިގްރޭޝަނުން އާންމުކޮށފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަގައި އެމީހުން ގުޅަ ޕެކެޓާއި މަސް ޕެކެޓް ފަދަ ބާވަތްތައް ބަންދުކޮށްފައި ހުއްޓެވެ. އަދި މި ފޮޓޯތަކުން ފެންނަ ގޮތުގައި ކާބޯތަކެތި ހަދާ ތަނެއްގެ ގޮތުގައި އެމީހުން ބޭނުންކުރަމުން ދަނީ ފާޚާނާއެކެވެ.

undefinedބިދޭސީން ކައްކަން ބޭނުންކުރި ފާޚަނާ -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ހިންގަމުންދާ މި އޮޕަރޭޝަންގައި މިފަދަ ގޮތްގޮތަށް ކާބޯތަކެތި ހަދައި ވިއްކަމުންދާ އެތައް ތަނެއް ވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެފަދަ ތަންތަނުގައި އާންމުކޮށް މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަނުން ވަނީ ޑީޕޯޓު ވެސްކޮށްފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/