ހިޔާ އަލިނޫރު ގުރުއާން މުބާރާތް އަންނަ އަހަރުވެސް ބާއްވަން ނިންމައިފި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

މި އަހަރުގެ ހިޔާ އަލިނޫރު ގުރުއާން މުބާރާތުން ވަނަވަނަ އަށް ދިޔަ ބައިވެރިން-- ފޮޓޯ: ހިޔާ އަލުނޫރު ގުރުއާން މުބާރާތް
SHARE
ހިޔާ އަލިނޫރު ގުރުއާން މުބާރާތް 1447 އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހއ އަތޮޅު ހޯރަފުޓާއި ތުރާކުުނާއި އުލިގަމުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހަތަރު އުމުުރުފުރާއަކަށެވެ. އެއީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާ އާއި ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 11 އަހަރާއި 13 އަހަރުގެ އުމުރުފުރާގެ އިތުރުން 14 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.
މި މުބާރާތް ބާއްވާ އިންތަޒާމުކުރާ ފަރާތަކީ ހޯރަފުށި އިންޓާގްރޭޓެޑް ޔޫތް އެޑްވާންސްމަންޓް އެސޯސިއޭޝަނެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް ވެސް އެ ޖަމިއްޔާގެ ރައީސް ވިދާޅުވިއެވެ.
މި މުބާރާތުން ވަނަަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި މުބާރާތުން އެއް ވަނައަށް 3,000 ރުފިޔާ ދެ ވަނަ އަށް 2,000 ރުފިޔާ އަދި ތިން ވަނައާށް 1,000 ރުފިޔާ ދޭނެއެވެ.
ހަމައެހެންމެ ކޮންމެ އުމުރުފުރާއަކުން ވަނަވަނަތަކަށްދާ ބައިވެރިންނަށް ވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއްވަނައަށް 1,000 ރުފިޔާ ދެވަނަ އަށް 800 ރުފިޔާ އަދި ތިންވަނަ އަށް 600 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަަށް ވެސް އެ ޖަމިއްޔާގެ ރައީސްށ ވިދާޅުވިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ދަރިވަރުންނަށް އިތުރު މަގުތައް ކޮށައިދިނުމެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވޭނީ 1 ޖެނުއަރީ 2026 ގައެވެ. އަދި މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ފެބްރުއަރީ 21 އިން 26 އަށެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މީޒާ ލޭޒާ ސްޓޫޑިއޯއެވެ. އަދި މީޑިއާ ޕާޓްނާއަކީ ނުކުތާއެވެ.


