logo

ހޯރަފުށީ ބިމެއް ހޯކްސްއަށް ނުގަވައިދުން ދިންކަމަށް ބުނެ މިދިޔަ ދައުރުގެ ކައުންސިލަރުންނަށް ދައުވާކުރަނީ

އައިޝަތު ހިދާޔާ

8 ޖުލައި 2026 - 10:23
ހޯރަފުށީ ބިމެއް ހޯކްސްއަށް ނުގަވައިދުން ދިންކަމަށް ބުނެ މިދިޔަ ދައުރުގެ ކައުންސިލަރުންނަށް ދައުވާކުރަނީ

SHARE

ހއ. ހޯރަފުށީ ކައުންސިލުން ދި ހޯކްސް ޕްރައިވެޓް ލިމިޓެޑަށް އެރަށު ބިމެއް ނުގަވައިދުން ދިން މައްސަލައެއްގައި ކައުންސިލްގެ ކުރީ ދައުރުގެ މެމްބަރުންނަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި މައްސަލަ ބަލައިގެންފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހޯކްސް އަކީ ރާއްޖެއަށް ތެޔޮ އެތެރެކޮށް އެ ފިޔަފާރިކުރާ އަމިއްލަ ކުންފުންޏެކެވެ.

އޭސީސީން ބުނީ, ހޯރަފުށީ ކައުންސިލުން ހޯކްސްއަށް 5000 އަކަފޫޓުގެ ބިމެއް ދޫކުރީ ތެލުގެ ވިޔަފާރި ކުރުމަށް ކަމަށެވެ. މި މައްސަލަ އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި އަހަރުގެ އެޕްރިލް 20ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ހޯރަފުށީ ކައުންސިލްގެ މިދިޔަ ދައުރުގެ ރައީސް މުޙައްމަދު ވަހީދު އާއި، ނައިބު ރައީސް އަޙްމަދު އިމްދާޙު ގެ އިތުރުން އެ ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާސިހާ ގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް ކުރަނީ, ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި މީގެކުރިން ލޯކަލް ގަވަމަންތް އޮތޯރިޓީ (އެލްޖީއޭ)އިން ބުނީ, މި ބިން ހޯކްސްއަށް ދޫކޮސްފައި ވަނީ ތަފުސީލެއް ނެތި ކަމަށެވެ. އަދި ހޯކްސްއިން މި ބިމުގައި މަސައްކަތް ކުރަނީ ވެސް ގަވާއިދާ ޚިލާފަށް ކަމަސް ބުނެ އެ މަސައްކަތް ހުއްޓައިލުމަށް އެލްޖީއޭއިން އެދުނުކަމަށް އޭރު އެލްޖީއޭއިން ބުންޏެވެ.

މި މައްސަލައާއި ކޮރަޕްޝަންގެ އިތުރު މައްސަލަތަކެއްގައި މިދިޔަ ދައުރުގެ ކައުންސިލް ރައީސް ވަހީދު, މުސާރައާއި އިނާޔަތް ލިބިވަޑައިނުގަންނަވާހެން ތިން މަސް ދުވަހަކަށް ސަސްޕެންޑުކުރަން ވެސް އޭރު އެލްޖީއޭއިން ނިންމިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d