logo

ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާއަށް ހަތަރުވަނަ

އައިޝަތު ހިދާޔާ

20 އޯގަސްޓު 2026 - 05:51
ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ރާއްޖޭގެ ޝާޔާއަށް ހަތަރުވަނަ

SHARE

މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ގުރްއާން ހިތުން ކިޔެވުމުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދިވެހި ދަރިވަރު އަލްހާފިޒާ ފާތިމަތު ޝާޔާ ޒާހިރު، އެ މުބާރާތުން ހަތަރުވަނަ ހާސިލްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ މި މުބާރާތުގެ ތާރީހުގައި ވެސް އަންހެން ބައިވެރިން މުބާރާތުގައި ވާދަކުރި ފުރަތަމަ އަހަރެވެ. މިއަހަރުގެ މުބާރާތުގައި ދުނިޔޭގެ 133 ގައުމަކުން ބައިވެރިން ވާދަކޮށްފައިވެއެވެ. މިއީ މި މުބާރާތް ބޭއްވި 46 ވަނަ އަހަރެވެ.

މުބާރާތުގެ ހަތަރު ވަނައަށް ހާއްސަ އިނާމެއްގެ ގޮތުގައި 170,000 ރިޔާލް ކަނޑައަޅާފައިވެއެވެ. މިއީ ގާތްގަނޑަކަށް ހަތް ލައްކަ ދިވެހި ރުފިޔާއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހަރަމްފުޅުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވީ މައްކާގެ އަމީރުގެ ނައިބު ހިޒް ރޯޔަލް ހައިނަސް ޕްރިންސް ސުއޫދު ބިން މިޝްއަލް ބިން އަބްދުލްއަޒީޒެވެ. މީގެ އިތުރުން މިޖަލްސާގައި ސައުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރާއި ހަރަމްފުޅުގެ އިމާމު ޝައިޚު ޑރ އަބްދުއްރަހްމާނުއް ސުދައިސް ބައިވެރިވެލެއްވިއެވެ. މި ރަސްމިއްޔާތުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެލައްވާފައެވެ.

މި ޙަފްލާއަށްފަހު ސައދީ އަރަބިއްޔާގެ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް، ހިޒް އެކްސެލެންސީ ޑރ. އަބްދުއްލަތީފް އާލުއްޝައިޚު ވަނީ ޝާޔާއާއި އޭނާގެ ބެލެނިވެރިންގެ ގާތަށް ވަޑައިގެން ތަހުނިޔާ ދަންނަވައި ހިތްވަރު ދެއްވާފައެވެ.

undefined

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ބައިވެރިއަކަށް މުބާރާތުން ހާއްސަ ވަނައެއް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއްކަމަށް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

ޝާޔާ ހާފިޒްކަމުގެ ސަނަދު ހާސިލްކުރީ އުމުރުން އެންމެ ދިހަ އަހަރުގައެވެ. އޭގެފަހުން އޭނާ ދަނީ ގުރުއާން މުވާރާތްތަކުގައި ބައިވެރި ވަނަތައް ހޯދަމުންނެވެ. އެނާ ވަނީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް ވަނަހޯދައިފައެވެ.

އެގޮތުން, 2023ވަނަ އަހަރު މިސްރުގައި ބޭއްވި 29ވަނަ އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިގައި ބައިވެރިވެ ޝާޔާ ވަނީ ދެވަނަ ހޯދައިފައެވެ.

ދެހާސްއެކާވީސްވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުގައި މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ބައިގައިވެސް ޝާޔާ ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d