logo

"ހިޔާ އަލިނޫރު" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޒެނީޝާ ފަތުހީ

ޒެނީޝާ ފަތުހީ

14 ޖެނުއަރީ 2026 - 06:19
"ހިޔާ އަލިނޫރު" ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިިދިޔަ އަހަރު ހިޔާ އަލިނޫރު ގުރުއާން މުބާރާތުން ވަނަވަނައަށް ދިޔަ ކުދިން-- ފޮޓޯ: ހިޔާ އަލުނޫރު ގުރުއާން މުބާރާތް

SHARE

ހިޔާ އަލިނޫރު ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި ގުރުއާން މުބާރާތަކީ ހއ އަތޮޅު ހޯރަފުއްޓާއި ތުރާކުުނާއި އުލިގަމުގެ ކުދިންނަށް ހާއްސަކޮށް އޮންލައިންކޮށް ބޭއްވޭ މުބާރާތެކެވެ. މި މުބާރާތަކީ ހޯރަފުށި އިންޓާގްރޭޓެޑް ޔޫތް އެޑްވާންސްމަންޓް އެސޯސިއޭޝަން އިން ތިޒާމުކޮށް ބާއްވާ މުބާރަާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު 1 ޖެނުއަރީ ގައި ވަނީ ހުޅުވާލާފައެވެ. ބައިވެރި ވުމުގެ ފުރުސަތު ފެބްރުއަރީ 1 އާ ހަމައަށް އޮންނާނެއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ ފެބްރުއަރީ 21 އިން 26 އަށެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގަިއވާ މައުލޫމާތު 7741177 އަށް ވައިބާ ކޮށްލުމުން ބައިވެރިވެވޭނެއެވެ.

  1. ފުރިހަމަ ނަން
  2. ދާއިމީ އެޑްރެސް
  3. އައިޑީކާޑް ކޮޕީ
  4. އުމުރުފުރާ
  5. ޕާސްޕޯޓް ފޮޓޯ

މި މުބާރާތުގައި ބައިވެރިވެވޭނީ ހަތަރު އުމުުރުފުރާއަކަށެވެ. އެއީ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާ އާއި ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 11 އަހަރާއި 13 އަހަރުގެ އުމުރުފުރާގެ އިތުރުން 14 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

މި މުބާރާތުން ވަނަަވަނައަށް ބައިވެރިންނަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅި މުބާރާތުން އެއް ވަނައަށް 3,000 ރުފިޔާ ދެ ވަނަ އަށް 2,000 ރުފިޔާ އަދި ތިން ވަނައާށް 1,000 ރުފިޔާ ދޭނެއެވެ.

ހަމައެހެންމެ ކޮންމެ އުމުރުފުރާއަކުން ވަނަވަނަތަކަށްދާ ބައިވެރިންނަށް ވެސް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެއްވަނައަށް 1,000 ރުފިޔާ ދެވަނަ އަށް 800 ރުފިޔާ އަދި ތިންވަނަ އަށް 600 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ގުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި ދަރިވަރުންނަށް އިތުރު މަގުތައް ކޮށައިދިނުމެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މީޒާ ލޭޒާ ސްޓޫޑިއޯއެވެ. އަދި މީޑިއާ ޕާޓްނާއަކީ ނުކުތާއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d