logo

ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ހާއްސަ މަރުކަޒުތަކެއް އަޅަނީ

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

11 ޑިސެމްބަރު 2025 - 03:30
ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމަށް ހާއްސަ މަރުކަޒުތަކެއް އަޅަނީ

މިނިސްޓްރީއާއި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރަނީ--ފޮޓޯ/ވުޒާރާ

SHARE

ފުވައްމުލަށް ސިޓިީ އަދި ށ.ފުނަދޫގައި ހާއްސަ ޓެކްނިކަލް ވޮކޭޝަނަލް ތަމްރީނު ދިނުމުގެ މަރުކަޒުތަކެއް ގާއިމުކުރުމަށް އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވުޒާރާ އާއި ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑްއެވެ.

މިއީ މަތީ ތަޢުލީމުގެ ފުރުސަތުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާކުރުމަށާއި މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް ލިބޭނެ ކަހަލަ އިންތިޒާމް ހަމަޖެއްސުމާއި އަދި ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތްފޯރާއަގެއްގައި އެކޮމޮޑޭޝަންގެ ކަން ކަން ހަމަޖައްސައި ދެއްވުމަށް ރައީސް ވެދެއްވި ވައުދުފުޅުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ވުޒާރާއިން ބުންޏެވެ.

މި މަޝްރޫގެ ދަށުން ބިނާކުރާ ތަންތަނުގައި އެކި ކަހަލަ ހިދުމަތްތައް ލިބޭނެއެވެ. އެގޮތުން މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން ކްލާސް ރޫމްތަކާއި އައިސީޓީ ލެބޯޓަރީ އަދި އިދާރީ ހިދުމަތްތަކާއި، ސްޓާފް ރޫމާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާއެއްގެ އިތުރުން ސެމިނާ މީޓިން ރޫމްތަކާއި ސްޓަޑީ ރޫމް އަދި ލައިބްރަރީގެ ހިދުމަތްތައްވެސް ލިބެން ހުންނާނެއެވެ.

ރަށުން ބޭރުން އަންނަ ދަރިވަރުންނަށް މި ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު މަތީ ތައުލީމުގެ ފުރުސަތުތައް އުނގެނި މަތީ ތަޢުލީމުގެ ހާސިލްކުރުމަށް ، މި މަޝްރޫއުގެ ސަބަބުން މަގުފަހިވާނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/