މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފި

ފާޠިމަތު ހިބާ

އެމްއެންޔޫ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއެންޔޫ
SHARE
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހާތަނަށް ސްޓޫޑެންޓް ލޯނަށް 1.2 ބިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން 2024 ވަނަ އަހަރާއި މިދިޔަ އަހަރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި 1.24 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައިވެއެވެ.
އަދި މި މުއްދަތުގެ ތެރޭގައި 1،438 ދަރިވަރުންނަށް ލޯނު ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި 749 އަންހެންކުދިންނާއި 568 ފިރިހެންކުދިން ހިމެނެއެވެ. މި ދަރިވަރުންގެ ތެރެއިން ދަސްވެނިވެފައިވަނީ 1،211 ކުދިންކަމަށް އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އެއީ 541 އަންހެން ކުދިންނާއި 670 ފިރިހެން ކުދިންނެވެ.
މިދިޔަ އަހަރު ލޯނަށް 548.16 މިލިއަން ރުފިޔާ ދޯކޮށްފައިވާކަމަށް މި ހިސާބުތަކުން ދައްކައެވެ. އެއީ 596 ދަރިވަރަކަށެވެ. މީގެތެރޭގައި 359 އަންހެންކުދިން އަދި 237 ފިރިހެން ކުދިން ހިމެނެއެވެ. މިދިޔަ އަހަރު 660 ދަރިވަރުން ދަސްވެނިވެފައިވެއެވެ. މިއީ 292 އަންހެން ކުދިންނާއި 368 ފިރިހެންކުދިންނެވެ.
މިހާރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 36 ގައުމެއްގައި 1740 ދަރިވަރުން މަތީ ތައުލީމް ހާސިލްކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އެއީ 1072 އަންހެންކުދިންނާއި 668 ފިރިހެންކުދިންނެވެ.





