ބޮޑުކަންނެލި ދޯނިތައް މާލޭ މަލަމަތީގައި ބަރި ދަމައިލައިފައި

އަޙްމަދު ސަދޫފް މޫސާ

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ނުކުތާ
SHARE
ސަރުކާރަށް ޑިމާންޑްތަކަކާއި އެކު ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާއެއް މާލެ ބަނދަރު ސަރަޙައްދުގައި ފަށައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން ކުރިޔަށްގެންދާ މި އިހްތިޖާޖުގައި ބޮޑު ކަންނެލި މަސްވެރިން އިހްތިޖާޖުކުރަމުންދަނީ މާލޭގެ ހަ ނަންބަރު ފާލަމުގެ ސަރަހައްދުގައެވެ. "ދެނެއް ނުފުރޭނެ، ދެނެއް ނުވާނެ" މި ޝިއާރުގެ ދަށުން ކުރާ އިހުތިޖާޖުގައި އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ދޯނިތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެ ދޯނިތަކުން މައިގަނޑު ގޮތެއްގައި ސަރުކާރަށް ކުރާ ޑިމާންޑްތަކަކީ:
- މިފްކޯ އަށް ބޮޑުކަންނެލި ގަތުން ނުވަތަ ސަރުކާރުން މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމާއި
- ތެޔޮ ލިބުމުގައި ފަސޭހެ ގޮތްތަކެއް ހޯދައިދިނުން
- ކަނޑުއޮތްގިރީގައު ހުރި ސްޓޯރޭޖާއި ޕެކިން ފެސިލިޓީ ބޭނުންކުރުން ނުވަތަ ގޮތެއް މަސް ޕެކުކުރަން ހޯދައިދިނުން
އެ ޔޫނިއަނުން ވަނީ އެ ޑިމާންޑުތަކަކީ ސަރުކާރަށް ނުފުއްދޭނެ ވަރުގެ ޑިމާންޑުތަކެއް ނޫންކަން ފާހަގަކޮށްފައެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިން އެ ފަރާތްތަކުގެ ޚިޔާލުތައް ފާޅުކުރަމުންދާއިރު، ބޮޑުކަންނެލި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއާއި ވަނީ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުންތަކުގައި ވެސް އެ ޔޫނިއަނުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.


.jpeg&w=3840&q=75)

