logo
World Cup 2026

ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ

ފާތިމަތު މިޝްކާ

24 ޖޫން 2026 - 08:25
ހުޅުމާލޭގައި ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީއެއް އެޅުމަށް އެއްބަސްވުމެއްގައި ސޮއިކުރަނީ

SHARE

ހުޅުމާލޭގައި 100 ޓަނުގެ ކެޕޭސިޓީ ހުރި ބޮޑުކަންނެލި ޕްރޮސެސްކުރާ ފެކްޓްރީއެއް ގާއިމުކުރުމަށް އަންނަ ހަފުތާގައި ރަސްމީ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މި ފެކްޓްރީ ގާއިމުކުރުމަށްޓަކައި ހުޅުމާލެއިން 25،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މެއި މަހުގެ ތެރޭގައި އިކޮނޮމިކް ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، އަންނަ ހަފުތާގައި މި މަޝްރޫއު ހަވާލުކުރެވޭނެ ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޮޑުކަންނެލި މަސްވެރިކަމުގައި މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ ޕެކިން ފެސިލިޓީއެއް ނެތުމުގެ ސަބަބުން މަހަށް ރަނގަޅު އަގު ނުލިބުމެވެ. ހުޅުމާލޭގައި ގާއިމުކުރާ މި ފެސިލިޓީގެ ސަބަބުން، މަސް ޕެކްކޮށް ރައްކާކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ބޮޑުކަންނެއްޔަށް ބައިނަލްއަގުވާމީ ބާޒާރުގައި ރަނގަޅު އަގެއް ހޯދައިދެވޭނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވި ގޮތުގައި، ބޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދިނުމަށް މިފްކޯއިން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މިފްކޯއިން ބޮޑުކަންނެލި ގަތުން ހުއްޓާލާފައި އޮތް ނަމަވެސް، މިހާރު ވަނީ އެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަލުން ވަދެފައެވެ. މަސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ވަނީ ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިފްކޯއިން މިހާރު ކަނޑައަޅާފައިވާ އެންމެ މަތީ އަގަކީ ކިލޯއަކަށް 25 ރުފިޔާއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d