logo
World Cup 2026

މިފްކޯއިން މަސްވެރިންގެ އަތުން 20 ރުފިޔާއަށް މަސް ގަންނަން ފަށައިފި

މިރާޝް މޫސާ

9 ޖޫން 2026 - 06:10
މިފްކޯއިން މަސްވެރިންގެ އަތުން 20 ރުފިޔާއަށް މަސް ގަންނަން ފަށައިފި

SHARE

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން ކިލޯއެއް 20 ރުފިޔާގެ މަގުން ގަންނަން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދުވެސް މިފްކޯގެ ހަތް ބަނދަރަކުން ދަނީ މަސް ގަންނަމުންނެވެ. އެއީ ފެލިވަރު، ކޫއްޑޫ، އައްޑޫ، ގދ. ތިނަދޫ، އެއަތޮޅު ފަރެސްމާތޮޑާގެ ބަނދަރާއި ގއ. ދާންދޫގެ ބަނދަރުގެ އިތުރުން ޏ. ފުވައްމުލަކު ބަނދަރުންނެވެ. މި ބަނދަރުތަކުން މިއަދު މަސްގަންނަމުންދަނީ 20 ރުފިޔާއަށްކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. މީގެ ކުރިން މިފްކޯގެ ބަނދަރުތަކުން މަސް ގަންނަމުންދިޔައީ 18.50 ރުފިޔާއަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެއްކަމަށްވުމާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑު ވަނީ އިތުރުވެފައެވެ. މިފްކޯއިން ބުނެފައިވަނީ މި ބަދަލަކީ މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފަހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.

މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މިފްކޯއިން މިދިޔަ އަހަރުގެ ފަހުކޮޅު 18.50 ރުފިޔާއަށް މަސް ގަތުމަށްފަހު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވެ، އޮޕަރޭޝަނަށް އޭގެ ނޭދެވޭ އަސަރުކުރުމާ ގުޅިގެން މަސް ގަަންނަމުން އައީ 17 ރުފިޔާގެ ރޭޓުންނެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސް ގަންނަ އަގު ބޮޑުކުރުމުން މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެއެވެ. މިއީ މި ދަނޑިވަޅުގައި މަސްވެރިންނަށް ލިބުނު ބޮޑު ހިތްވަރެއްކަމުގައި ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d