logo
World Cup 2026

ދުވާލަކަށް ދެ ޓަނު އައިސްއަކީ ކަންނެލި މަސްވެރިންނަށް މަދު އަދަދެއް ކަމަށް ބުނެ ޔޫނިއަންގެ ކަންބޮޑުވުން

ފާތިމަތު މިޝްކާ

6 ޖުލައި 2026 - 09:46
ދުވާލަކަށް ދެ ޓަނު އައިސްއަކީ ކަންނެލި މަސްވެރިންނަށް މަދު އަދަދެއް ކަމަށް ބުނެ ޔޫނިއަންގެ ކަންބޮޑުވުން

ބޮޑުކަންނެލި މަސްވެރިން ފެރީއަށް ހުރަސް އަޅަނީ -- ފޮޓޯ: ނުކުތާ

SHARE

މިފްކޯއިން ކޮންމެ ދޯންޏަކަށް ދުވާލަކު ދެ ޓަނު އައިސް ލިބޭ ގޮތަށް ހެދުމަކީ ކަންނެލި ދޯނިތަކަށް ލިބޭ ގެއްލުމެއް ކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސަރުކާރު ކުންފުނި، މިފްކޯއިން މަސްވެރިންނަށް ވިއްކާ އައިސްއަށް ގެނައި ބަދަލަކީ މަސްވެރިންނަށް ލިބުނު ބޮޑު ގޮންޖެހުމެއް ކަމަށް އެ ޔޫނިއަންއިން އާންމުކުރި ބަޔާނުގައި ބުނެފައިވެ އެވެ. ހާއްސަކޮށް މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުންނަ އައިސް ޕްލާންޓްތަކުން އެއްވެސް ވަރަކަށް އައިސް ނުލިބުމަކީ ކަންނެލި މަސްވެރިންނަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ޔޫނިއަންއިން ބުނެފައިވެ އެވެ.

މިފްކޯއިން ދުވާލަކު ދެ ޓަނު އައިސް ވިއްކާގޮތަށް ގަވާއިދަށް ބަދަލުގެނައުމުގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރުމަށް ދަތިވާކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިންނަށް ދަތިކަމަކާ ނުލައި އައިސް ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި އެކަން ވީހާވެސް ހަމަޖައްސަވައި ދެއްވުމަށް ޔޫނިއަންއިން އެދިފައިވެ އެވެ.

ޔޫނިއަންގެ ބަޔާނުގައި އެ ޔޫނިއަންއަކީ ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތާއި މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެއްކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d