ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާ ދީފި

ފާޠިމަތު ހިބާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރެއްވުމަށްފަހު--ފޮޓޯ/ ރައީސް އޮފީސް
SHARE
ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓެލްކޯއިން ވަޒީފާގެ ލިޔުން މިއަދު ހަވާލު ކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކޮށްދެއްވައި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދެވުމުގެ ސަބަބުން އެ މީހުންނަށް ގިނަ ފައިދާ ތަކެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އެ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.
"އައު ރައްޓެހިން ހޯދާ މާލީ ގޮތުން ފުދުންތެރިވުމާއި ގަޑިން ގަޑިއަށް ކަންކަން ނިންމަން ޖެހުމަކީ ނަފުސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮވުމަށް މަގުފަހި ވެގެން ދާނެ ކަމެއް" އެކަމަނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މުޖުތަމަޢުގެ އެއްވެސް ފަރާތެއް ބާކީ ނުކޮށް، ހަމަހަމަ އުސޫލަކުން އެންމެނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިން ސްޓެލްކޯއިން މިއަދު, ސްޓެލްކޯގެ ޚިދުމަތް ލިބޭ 20 ރަށެއްގެ 30 ނުކުޅެދުންތެރިކަން ހުންނަ ފަރާތަކަށް ވަޒީފާ ދިނުމަށް ނިންމައި، އެ ފަރާތްތަކަށް ވަޒީފާ ދެއްވި ކަމުގެ ލިޔުން ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ.
ގުޅުންހުރި

އަލަށް އުފަންވާ ކުދިންނަށް ފަރުވާކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރިނަމަވެސް އެކަމަށް އެންމެ މުހިންމީ ހުނަރުވެރި އަތްތަކެއް: ފަސްޓް ލޭޑީ
ފެނަކަ އުވާލައި ހުރިހާ ރަށެއްގެ ޔުޓިލިޓީ ސްޓެލްކޯއާ ހަވާލުކުރުމުން އެ ކުންފުނިން ހަވާލުވާ ރަށްތަކުގެ ސާވޭއެއް ކުރަނީ
.jpg&w=3840&q=75)
