ފެނަކަ އުވާލައި ހުރިހާ ރަށެއްގެ ޔުޓިލިޓީ ސްޓެލްކޯއާ ހަވާލުކުރުމުން އެ ކުންފުނިން ހަވާލުވާ ރަށްތަކުގެ ސާވޭއެއް ކުރަނީ
ފާތިމަތު މިޝްކާ
SHARE
އަތޮޅު ތެރޭގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫއުތައް ހިންގުމަށް އުފެއްދި ކުންފުނި "ފެނަކަ" އުވާލައި މުޅި ރާއްޖޭގެ ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުން ސްޓެލްކޯއަށް ހަވާލުކުރުމާއި ގުޅިގެން އެ ކުންފުނިން ސާވޭއެއް ކުރަން ފަށައިފި އެވެ.

ސްޓެލްކޯއިން ކުރިއަށްގެންދާ ސާވޭތަކަކީ އަލަށް ޙަވާލުވާ ރަށްރަށުގެ ޙާލަތު ދެނެގަތުމުގެ ސާވޭތަކެކެވެ.
އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އައްޑޫ ސިޓީ އަދި ތިނަދޫ ސިޓީގެ ޔުޓިލިޓީ ހިދުމަތްތަކުގެ ސާވޭގެ މަސައްކަތްތައް ކަމަށެވެ.
ފެނަކަ އުވައިލުމަށް ނިންމައި އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.
މިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކަ ވަރަށް ބޮޑަށް "މިސް ޔޫސް" ކޮށްފައިވާކަން ނުވަތަ ކުންފުނީގެ ނާޖައިޒު ފައިދާ ނަގާފައިވާކަން އޮޑިޓު ރިޕޯޓުން ފާހަގަވެފައިވާ ކަމަށެވެ.
ފެނަކައިގެ ހިންގުން ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެކަމެއް ނޫންކަމަށް ފަންނީ ބޭފުޅުން ލަފާ ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުން ވަރަށް ފުންކޮށް މިކަމާއި މެދު ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލަން،" ރައީސް ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި
ފެނަކަ އުވާލައި ހުރިހާ ރަށެއްގެ ޔުޓިލިޓީ ސްޓެލްކޯއާ ހަވާލުކުރުމުން އެ ކުންފުނިން ހަވާލުވާ ރަށްތަކުގެ ސާވޭއެއް ކުރަނީ

މިދިޔަ ސަރުކާރުން ފެނަކަ "މިސް ޔޫސް" ކޮށްފައިވާތީ ފެނަކަ އުވާލަނީ، އާރުޑީސީ ވެސް އުވާލާނެ
.jpg&w=3840&q=75)
