ތައިލޭންޑުގައި އުފައްދާ 3 ބޭހަކަށް ސަމާލުވާން އަންގައިފި

ބަނީން މާލިކް

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ--ފޮޓޯ:އެޑިޝަން
SHARE
ތައިލޭންޑުގައި އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރުމުން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭއިން) އެދެފިއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީއިން ކުރި ތަހުލީލުތަކުން ބޭސްތަކަކުން ނުރައްކާތެރި ކެމިކަލެއް ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް ހުރިކަމަށް ސައުތް އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އަންގާފައިވާކަމަށެވެ.
އެގޮތުން މި ލިސްޓުގައި ތިން ބޭހެއް ހިމެނޭއިރު މި ބޭސްތަކަކީ:
- ޑައިބެޓިކް މީހުން ބޭނުންކުރާ ބޭހެއްކަމުގައިވާ މެޓްފޯމިން ހައިޑްރޯކްލޮރައިޑް 750 މގ
- ރެނިޓިޑން 150 މގ
- ވިޓަމިން އޭ – ރެޓިނޯލް 60މގ
މި ބޭސްތަކުގައި މައްސަލަ ދިމާވެފައިވާ ބްރޭންޑްތަކުގެ ބޭސްތައް ރާއްޖެއަށް ބޭސް އިމްޕޯޓްކުރުމުގެ އެއްވެސް އުސޫލެއްގެ ދަށުން އެތެރެކޮށްފައިނުވާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެން ނަމަވެސް ތައިލޭންޑަކީ ގިނައަދަދެއްގެ ދިވެހިން ބޭސްފަރުވާކުރަންދާ ޤައުމަކަށްވާތީ މިކަންކަމަށް ސަމާލުކަން ދިނުމަށް އެއޮތޯރިޓީން އިލްތިމާސްކޮށްފައިވެއެވެ.



.jpg&w=3840&q=75)

