logo

ފާމަސީތަކުން ބޭސް ގަންނައިރު ހުއްދަ ދީފައިވާ ފާމަސީއެއްތޯ ބަލަން އަންގައިފި

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

18 ޖެނުއަރީ 2026 - 18:04
ފާމަސީތަކުން ބޭސް ގަންނައިރު ހުއްދަ ދީފައިވާ ފާމަސީއެއްތޯ ބަލަން އަންގައިފި

މާލޭގެ ބޭސް ފާމަސީއެއް-- ފޮޓޯ: ޕީއެސްއެމް ނިއުސް

SHARE

ބޭސް ފާމަސީތަކުން ބޭސް ގަންނައިރު އެ ފާމަސީއަކީ ބޭސް ވިއްކަން ހުއްދަ ދީފައިވާ ފާމަސިއެއްތޯ ބަލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއެފްޑީއޭއިން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ ބޭސް ވިއްކާ ފާމަސީތަކަށް އާއްމުންނަށް ބޭސް ވިއްކޭނީ އެ އޮތޯރިޓީގައި ރެޖިސްޓަވެ އެ އޮތޯރިޓީގެ ހުއްދަ ލިބުމުންކަމަށެވެ.

އަދި ފާމަސީތަކުގައި މަސައްކަތް ކުރާ ޕްރިފެޝަނަލުންނަށް އެތަންތާގައި މަސައްކަތް ކުރެވޭނީވެސް އެމްއެފްޑީއޭގެ ހުއްދައާއި އެކު ކަމަށް ބުންޏެވެ. އެގޮތުން، އެމްއެފްޑީއޭއިން ފާމަސީތަކަށް ދޫކުރާ "ބޭސް ވިއްކުމުގެ ހުއްދަ" ނެތި ބޭސް ވިއްކުމަކީ މަނާކަމެއްކަމަށް އެ އޮތޯރިޓީއިން އެންގިއެވެ.

މީގެ އިތުރުން، ކޮންމެ ފަރުދަކުވެސް ފާމަސީއަކުން ބޭސް ގަންނައިރު އެ ފާމަސީއަކީ ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީއެއްކަން ކަށަވަރު ކުރުމަށްޓަކައި، އެމްއެފްޑީއޭއިން ދޫކުރާ ބޭސް ވިއްކުމުގެ ހުއްދަ ހަރުކޮށްފައިވާ ފާމަސީއެއްތޯ ބެލުމަށް އިލްތިމާސްވެސްކޮށްފައިވެއެވެ.

އަދި ބޭސް ދޫކުރަން ހުންނަ މީހާއަކީ އެކަމުގެ ހުއްދަ އޮތް މީހެއްތޯ ކަށަވަރު ކުރުމަށްޓަކައި ފާމަސިސްޓު ކާޑު އަޅާފައި ހުރިތޯ ބަލަން އެ އޮތޯރިޓީން ވަނީ އެދިފައެވެ.

/

ހަމައެހެންމެ ދޫކުރި ބޭހަކީ މުއްދަތު ހަމަނުވާ ބޭހެއްތޯ ބެލުމަށް، ބޭހުގައި ބަޔާން ކޮށްފައިވާ މުއްދަތު ހަމަވާ ތާރީހު ބެލުމަށް އެމްއެފްޑީއޭއިން އިލްތިމާސް ކުރިއެވެ. އަދި ބޭސް ބޭނުން ކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް އަދި ސާފުކޮށް ލިޔެފައިވޭތޯ ބަލަން އެ އޮތޯރިޓީން ބުންޏެވެ.

އަދި މި ކަންތައްތަކުގެ ތެރޭގައި ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަކަށްތޯ ބެލުން ހިމަނާފައިވެއެވެ.

އެހެންކަމުން، ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި، ބޭސް ވިއްކުމުގެ ހުއްދަ އޮތް ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާއި މެދު އެމްއެފްޑީއޭއިން ފިޔަވަޅު އަޅާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/