logo

އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ މީހުންނަށް ފިޔަވަޅު އަޅަނީ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

19 ޖެނުއަރީ 2026 - 08:04
އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ މީހުންނަށް ފިޔަވަޅު އަޅަނީ

ބޭސް ފާމަސީއެއްގެ ބޭސްތަކެއް -- ފޮޓޯ: ދައުރު ނިއުސް

SHARE

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހުއްދަ ނެތި ރާއްޖެއަށް ބޭސް އެތެރެކޮށް، ވިއްކާ އަދި އިޝްތިހާރު ކުރާ މީހުނަށް ފިޔަވަޅު އަޅާނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު އެ އޮތޯރިޓީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީގައި ބޭސް އެތެރެ ކުރާ އަދި ވިއްކާ މީހެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެ އޮތޯރިޓީގެ ހުއްދަ ލިބިގެންކަމަށެވެ.

އަދި ރާއްޖެ އެތެރެކުރާ ހުރިހާ ބޭހަކީވެސް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް، ރާއްޖެ އެތެރެކޮށް ވިއްކުމަށް އެމްއްފްޑީއޭއިން ހުއްދަ ދީފައިވާ (އެޕްރޫވްޑް ޑްރަގް ލިސްޓު) ގައި ހިމެނިފައިވާ ބޭހަކަށް ވާން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ މިހާރަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ވައްތަރުގެ ބޭސް އެތެރެކޮށް އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކާ އެ އޮތޯރިޓީއަށް ފާހަގަ ކުރެވިފައިވާކަމަށެވެ.

އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު ދައްކުރުމަށް ބޭނުންކުރާ ސެމަގްލިއުޓައިޑް ބޭހަކީ ހަށިގަނޑުގެ ބަރުދަން ލުއި ކޮށްދޭ ބޭހެއް ކަމަށާއި އަދި ހަމުގެ ބަލިތަކަށް ބޭނުންކުރާ އަޒެލައިކް އެސިޑް ބޭހަކީ މޫނުގެ ހަންގަނޑު ރީތިކޮށް އަލި ކުރާ ބޭހެއްކަމަށް ބުން އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާކަމަށް އެމްއެފްޑީއޭއިން ބުންޏެެވެ.

/

އެމްއެފްޑީއޭއިން ބުނީ އެ ފަދަ ބޭސް ތަކަކީ ކޮންމެހެން ބޭނުން ކުރަން ޖެހޭ ހާލަތެއް މެދުވެރިވެގެން ނުވަތަ ޑޮކްޓަރު ލިޔެދިނީމަ ނޫނީ ބޭނުންކޮށްގެން ނުވާނެ ބޭހެއްކަމަށެވެ.

އަދި ފާމަސީތަކަށް އެފަދަ ބޭސް އާންމުންނަށް ދޫކުރެވޭނީ ޑޮކްޓަރުގެ ބޭސް ސިޓީއަށް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ޑޮކްޓަރުގެ އިރުޝާދާ ނުލާ އެފަދަ ބޭސްތައް ބޭނުން ކޮށްފިނަމަ ހީވެސް ނުކުރާ ފަދަ ގެއްލުންތައް ލިބިދާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. ވީމާ ބޭސް ގަތުމުގައި ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/