ޔާމީންގެ ޕާޓީން މާލޭގެ މޭޔަރުކަމަށް ނުކުންނަވަނީ ޒަރިޔަންދު

އަޙްމަދު ސަދޫފް މޫސާ

މާލޭ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ޒަރިޔަންދުއާއި ޔާމީން ސަލާމްކުރައްވަނީ -- ފޮޓޯ: ޕީއެންއެފް
SHARE
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް އިސްމާއީލް ޒަރިޔަންދު ނުކުންނަވާނެކަން ހާމަކުރައްވައިފިއެވެ.

އެކަން ހާމަކޮށްފައިވަނީ މިރޭ ޕީއެންއެފްއިން ބޭއްވި ރީސެޓް ޖަލްސާގައިއެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ޓެންޑާ ބޯޑުގެ ޗެއާމަންކަން ވެސް ކުރެއްވި ޒަރިޔަންދު ވިދާޅުވީ، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ އެ ޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރުން ކަމަށެވެ.
މާލޭ މޭޔަރުކަމަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ޒަރިޔަންދު ޖަލްސާގައި ވާހަކަދައްކަަވަނީ -- ފޮޓޯ: ޕީއެންއެފް
ޒަރިޔަންދުއަކީ 20 އަހަރު ށް އޮޑިޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ވެސް އޭނާ ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި މުހިންމު މަސައްކަތްތައް ކުރައްވާފައެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީ ވެސް ހިމެނެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގައި ވެސް އޭނާ އަކީ ފާހަގަކުރެވުނު މީހެކެވެ.


