ޕީއެންއެފްގެ މުޒާހަރާތަކާ ގުޅިގެން އެއްް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޢާއިޝަތު ނުޒުހާ
11 މޭ 2026 - 07:20

SHARE
ކުރީގެ ރައީސް އަބްދުالله ޔާމީންގެ އިސްވެ އުފައްދާފައިވާ ޕީއެންއެފްއިން ކޮންމެ ރެއަކު މާލޭގައި ކުރަމުން އަންނަ މުޒާހަރާ ތަކާ ގުޅިގެން އެ ޕާޓީ ޖޫރިމަނާ ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޕާޓީން ސިޔާސީ ޕާޓީގެ ގާނޫނުތަކާ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވުމުގެ އިތުރުން އެ ޕާޓީއާ ބައްދަލު ކުރުމަށް އީސީން އެދިފައިވާ ނަމަވެސް އެ ޕާޓީން އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް އެ ޕާޓީ 100,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ވަނީ އެ ޕާޓީގެ މީހަކު ގަވައިދާ ހިލާފު ވާނަމަ ވަކި ވަކި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.


