logo

2 އަހަރު ތެރޭ 9،500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިން: އިހުސާން

ބަނީން މާލިކް

ބަނީން މާލިކް

18 ޑިސެމްބަރު 2025 - 07:08
2 އަހަރު ތެރޭ 9،500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފިން: އިހުސާން

ހޯމް މިނިސްޓަރު އަލީ އިޙްސާން -- ފޮޓޯ: ޕޮލިސް މީޑީޔާ

SHARE

ނިމުނު ދެ އަހަރުގެ ތެރޭގައި 9،500 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިދޭސީންގެ މައްސަލައިގެ މައުލޫމަތު ހިއްސާކުރައްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، އޮޕަރޭޝަން ކުރަނގި ފެށި ފަހުން މިހާތަނަށް 200،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފައިވާ ކަމަށެވެ.

ނަތީޖާއަކަށްވާނީ މުޅި މަސައްކަތް ނިމޭއިރު ރާއްޖޭގައި އުޅެމުންދާ ހުރިހާ ފަރާތްތަކަކީ [ބިދޭސީންނަކީ] ކާކުކަން އިނގޭ، ސަތޭކަ ޕަސެންޓު ބަޔޮމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ [މީހަކަށް ހެދުން]، - ހޯމް މިނިސްޓަރު އަލީ އިޙްސާން

އެމަސައްކަތުގެ ތެރެއިން ޖޮއިންޓް ޓާސްކް ފޯސްއިން ކުރިޔަށްގެންދާ އެކި އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 9،500 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކުރެވިފައިވާކަން ވެސް ފާހަގަކުރެވިފައެވެ.

އެގޮތުން ސަރުކާރުން އެންމެ ފުރަތަމަ އެ މަސައްކަތް ފެށިއިރު، ބިދޭސީންގެ މައްސަލައަކީ އަޑި ނޭނގޭ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ، މިހާރު ކުރެވޭ މަސައްކަތުން އެކަން ޙައްލުކުރުމުގެ މަންޒަރު ފެންނަ ކަން ވެސް ފާހަގަކުރައްވާފައެވެ. އަދި 2027 ވަނަ އަހަރުގެ ކުރިން އެ މަސައްކަތް އެއްކޮށް ނިންމާލެވި، އެ އަހަރުގެ ނިޔަލަށް ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ހޯދެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d