logo

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 'އޮޕަރޭޝަން ކުރަނގީ' ގެ ދަށުން މާލެ ސަރަހައްދުގައި ހާއްސަ ހަރަކާތެއް ފަށައިފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 'އޮޕަރޭޝަން ކުރަނގީ' ގެ ދަށުން މާލެ ސަރަހައްދުގައި ހާއްސަ ހަރަކާތެއް ފަށައިފި

ބިދޭސީން ހައްޔަރުކުރަން އިމިގްރޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން --

SHARE

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހީގެ ދަށުން، ބަޔޮމެޓްރިކްސް ނުދީ އުޅޭ ބިދޭސީން ހޯދުމަށް މިއަދު މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މޯލްޑިވްސް އިމިގްރޭޝަނުން ބުނި ގޮތުގައި މި އޮޕަރޭޝަން ކުރިއަށްދާނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ.

މި ހާއްސަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވާނެ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

މިފަދަ އޮޕަރޭޝަނެއް ފަށައިފައިވާއިރު، ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައި ނިމިފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި، އެމީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d