logo

ގައުމީ ދިވެހި ބޭސްވެރިކަމާ ބެހޭ ކޮމިޓީއެއް ރާއްޖޭގައި އެކުލަވާލަނީ

ހާއިމް އަހްމަދު ހާޝިމް

ހާއިމް އަހްމަދު ހާޝިމް

19 ޑިސެމްބަރު 2025 - 17:32
ގައުމީ ދިވެހި ބޭސްވެރިކަމާ ބެހޭ ކޮމިޓީއެއް ރާއްޖޭގައި އެކުލަވާލަނީ

ހެލްތު މިނިސްޓާ އަބްދުﷲ ނާޒިމް އިބްރާހިމް ޑަބްލިއު އެޗް އޯގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ — ފޮޓޯ: ހެލްތު މިނިސްޓްރީ

SHARE

ރާއްޖޭގައި ދިވެހި ބޭސްވެރިކަމާ ބެހޭ ކޮމިޓީއެއް އެކުލަވާލައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިނިސްޓަރު މިހެން ވިދާޅުވީ އިންޑިއާގައި ކުރިއަށް ގެންދިޔަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމަކީ ސަގާފީ ބޭސްވެރިކަމާ ގުޅޭ ގޮތުންނާއި، އަދި ޒަމާނީ ބޭސްވެރިކަމާއި ސަގާފީ ބޭސްވެރިކަން އެކުގައި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން މައުލޫމާތު ދިނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖެއަކީ ވަރަށް ކުރީއްސުރެ ވެސް ދިވެހި ބޭސްވެރިކަން ކުރަމުން އަންނަ ގައުމެކެވެ. އަދި ރާއްޖޭ އަކީ ޖަޒީރާ ރަށް ތަކަކަށް އުފެދިފައިވާ ކުޑަ ގައުމެއް ކަމުން ތިމާވެެއްޓާއި މޫދާ ގުޅޭ އިލްމު ލިބިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ދިވެހި ބޭސްވެރިކަމަކީ އިލްމީ ގޮތުން ސާބިތުވެފައިވާ ބޭހަަކަށް ވާންޖެހޭ ކަމަށާއި، އަދި އޭގެ ސަބަބުން ޒަމާނި ބޭސްވެރިކަން އުވާލެވިގެން ނުވާނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

/

ހަމައެހެންމެ، މުސްތަގުބަލުގައި ރާއްޖޭގައި ދިވެހި ބޭސްވެރިކަމާ ވުޅޭ ކޮމިޓީއެެއް އެކިލުވައިލާނެ ކަމަށް ވިދާޅުވި އެވެ. ދިވެހި ބޭސްވެރިކަން ދިރާސާކޮށް އެއިން ލިބޭ ފަރުވާ ރެކޯޑު ކުރެވޭނެ ކަަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހެލްތު ސެންޓަރު ތަކުގައި ދިވެހި ބޭސްވެރި ކަމުގެ ފަރުވާތައް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑަބްލިއުއެޗްއޯގެ މި ބަދަލުވުމުގައި ދުނިޔޭގެ 24 ގައުމެއްގެ ހެލްތު މިނިސްޓްރީއަކުން ވަނީ ބައިވެރިވެ، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ސަގާފީ ބޭސްވެރިކަން ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރާނެ ކަމަށް އެއްބަސްވެފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/