logo

ވެލާނާގެ އައު ޓާމިނަލުން މިހާރު 36 އެއާލައިނަށް ހިދުމަތް ދޭނެ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 ޑިސެމްބަރު 2025 - 08:37
ވެލާނާގެ އައު ޓާމިނަލުން މިހާރު 36 އެއާލައިނަށް ހިދުމަތް ދޭނެ

އެއާ ފްރާންސްގެ ހިދުމަތް ވީއައިއޭގޭ އާ ޓާމިނަލް ގައި ؛ މި އާ އެކި 36 އެއާލައިނުން އާ ޓާމިނަލް ބޭނުންކުރަމުން ދާނެ

SHARE

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އިން މިހާރު 36 އެއާލައިނުން ހިދުމަތް ހޯދާކަން، އެ އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން އިއްޔެ ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އިއްޔެ ވަނީ އިތުރު ދެ އެއާލައިނަކުން ހިދުމަތް ހޯދަން ފަށައިފަ އެވެ. އެއީ އިޓަލީ އެއާވޭސް އާއި އެއާ ފްރާންސް އެވެ.

އެމްއޭސީއެލް އިން ބުނީ ގޮތުގައި އެ ދެ އެއާލައިނާއެކު އާ ޓާމިނަލް ބޭނުން ކުރާ އެއާލައިންތަކުގެ އަދަދު 36 އަށް އެރީ އެވެ.

މި އަހަރުގެ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމަށް ފަހު އެ ތަން ފުރަތަމަ ބޭނުންކުރަމުން ދިޔައީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަންޏެވެ. އާ ޓާމިނަލްގެ ވަސީލަތްތައް އިތުރުކުރެވެމުންދާ ވަރަކަށް އިތުރު އެއާލައިންތަކުގެ ހިދުމަތްތައް އެ ތަނުގައި ގާއިމުކުރަމުން ގެންދިޔަ އެވެ.

މަލްޓިބިލިޔަން ޑޮލަރުގެ އަގުހުރި ޓާމިނަލް ތަރައްގީކުރީ އަހަރަކު 7.5 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރެވެ.

/

ހުޅުލޭގައި އޮންނަ މި އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ފިިނިހަކަ ދުވެލީގަ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނު އިރު މަޝްރޫއުގެ ބޮޑު ބައެއް ނިމުނު ނަމަވެސް ބާކީ ނުކޮށް ހުރި ގިނަ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ނިންމީ މި ސަރުކާރު އައުމަށް ފަހުގަ އެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/