logo

އެއާޕޯޓަށް ވަރަށް ބާރުބޮޑު: 22،000 މީހުންނަށް ޚިދުމަތްދޭނެ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

28 ޑިސެމްބަރު 2025 - 08:36
އެއާޕޯޓަށް ވަރަށް ބާރުބޮޑު: 22،000 މީހުންނަށް ޚިދުމަތްދޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

SHARE

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް (ވީއައިއޭ) މިއަދަކީ އެންމެ ބާރުބޮޑު އެއް ދުވަސް ކަމަށާއި، މިއަދު އެކަނިވެސް 22،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއޭސީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އެއާޕޯޓުން މިއަދު އެކަނިވެސް 11،000 އަށް ވުރެ ގިނަ މީހުން ފުރާނެއެވެ. އަދި ރާއްޖެއަށް 11،100 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ފުރަންދާ މީހުންނަށާއި އެއާޕޯޓުގެ އެކި ޚިދުމަތް ހޯދަންދާ ފަރާތްތަކަށް އެހީތެރިވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ދަތުރުވެރިން ދުރާލާ އެއާޕޯޓަށް ފުރަން ދިއުމަށްވެސް އެމްއޭސީއެލްއިން އިލްތިމާސް ކުރެއެވެ.

މިއަދު އެއާޕޯޓަށް މިހާ ބޮޑަށް ބާރުބޮޑުވެފައިވަނީ އުމްރާއަށް ފުރާ މީހުންނާއި ޗުއްޓީ ދަތުރުތައް އިތުރުވުމުގެ ސަބަބުންނެވެ. މިއީ އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވި ފަހުން އެންމެ ބާރުބޮޑުވެގެންދާ އެއް ދުވަހެވެ.

އާންމުކޮށް އަހަރު ނިމޭ ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމާއެކު، މިއީ ވީއައިއޭއަށް އަބަދުވެސް ބާރުބޮޑު ދުވަސްވަރެކެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/