ޗައިނާ ސަރުކާރުން ރާއްޖެއަށް 1.3 ބިލިއަން ރުފިޔާގެ އެހީ
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

އެއްބަސްވުމުގައި ސޮއިކުރުމުގެ ހަފްލާގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
SHARE
ޗައިނާ ސަރުކާރާއި ރާއްޖެއާ ދެމެދު 1.3 ބިލިއަން ރުފިޔާގެ އެހީގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނި ގޮތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން ޚާރިޖީ ވަޒީރު، އަބްދުالله ޚަލީލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވައިފާ ހުންނަ ސަފީރު ކޮންގް ޒިއަންހުއާއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްގީގެ އެކި އެކި މަޝްރޫއުތަކަށް އެހީގެ ގޮތުގައި 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޚަލީލު ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއާއި ޗައިނާ ދެމެދު އޮންނަ ވަރުދަގަ ގުޅުން ރަމްޒުކޮށްދޭ އެއްބަސްވުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެތައް މަޝްރޫތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ވިލިމާލޭގައި ޗައިނާ މޯލްޑިވްސް ފްރެޑްޝިޕް ހޮސްޕިޓަލް އެޅުމާއި, މާލެއާއި ވިލިމާލޭގެ މަގުަތައް ތަރައްގީކުރުމާއި, އެކި ރަށްރަށުގައި 50 ކައުންސިލް އިމާރަތްތައް އެޅުން ހިމެއެނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ޗައިނާ ސަރުކާރުން ވަނީ ރާއްޖޭގެ ތަރައްގީއަށް އެތައް ގޮތަކުން އެހީތެރިވެދީފައެވެ.
އެގޮތުން ހުޅުމާލޭގައި ހައުސިންގް ޔުނިޓްތަކާއި, ސިއްހީ ހިދުމަތުގެ ދާއިރާއަށާއި, ރާއްޖެ އަންނަ ފަަތުރުވެރިންގެ އަދަދު އިރުތުކުރުމުގެ އިތުރުން, ސިނަމާލެ ބްރިޖް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.





