
ނ. އަތޮޅު ތިން ރަށެއް ހިމަނައިގެން، ރާއްޖޭގެ އެންމެ ފުރަތަމަ 'ސަސްޓެއިނެބަލް ޓައުންޝިޕް' އަޅަން ހަވާލުކޮށްފި
.jpg&w=3840&q=75)
ޒެނީޝާ ފަތުހީ

ޓައުންޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް
SHARE
ރާއްޖޭގެ އެންމެ ފުރަތަމަ 'ސަސްޓެއިނެބަލް ޓައުންޝިޕް' ހެދުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަޝަރޫއު ހަވާލުކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެތް ލިމިޓެޑްއަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓާ މުހައްމަދު ސައީދެވެ. ކްރިސްޓަލް ހޯސްޑިންގްސް ގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް އައިލާގެ ސީއީއޯ ޕީޓާ ކްރްސްޓިކްއެވެ.
އެ މިނިސްޓްރީއިން ބުނި ގޮތުގައި ޓައުންޝިޕް އެޅުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅު ކުރަމަދު އާއި ދިގުފަރާއި ދެކަންފަރުގައެވެ. ހަމައެހެންމެ ގޮތުގައި މި ޓައުންޝިޕްގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ބޮޑުވެގެންދާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
މި ޓައުންޝިޕްގެ ޖުމުލަ އަގަކީ 790 މިލިއަން ޑޮލަރެވެ. އަދި މި މަޝްރޫއަކީ ރައިސް ގެ 2040 ގެ ތަސައްވުރާ އެއްގޮތުގެ މަތިން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

"ރަނގަޅު އިންވެސްޓެއް ކުރަން ބޭނުންވާ އިންވެސްޓަރުންނަށް ދިވެހިރާއްޖެއަކީ ރަނގަޅު މަންޒިލަކަށް ވާނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބަ އޮތް،" ސީއީއޯ ޕީޓާ ކްރްސްޓިކް ވިދާޅުވިއެވެ.
މި މަޝްރޫއަށް ރަސްމީކޮށް ހުއްދަދީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 12 ވަނަ ދުވަހެވެ.




