logo

އެމްޑީޕގެ ޗެއާޕާސަންކަމަށް ވާދަކުރަން ރީކޯ ވިސްނަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

1 ޖެނުއަރީ 2026 - 11:52
އެމްޑީޕގެ ޗެއާޕާސަންކަމަށް ވާދަކުރަން ރީކޯ ވިސްނަނީ

SHARE

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް އެޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމަށް ވިސްނަވަމުންދާކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރީކޯ މޫސާ ވިދާޅުވީ، އެމްޑީޕީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަކޮށް ސިޔާސީ ޕާޓީއެއްގެ ރޯލު އަދާކުރުމުގައި އިހު އޮތް ރޫހު އާލާކުރުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމަށް ވިސްނާ ވާހަކަ ދަންނަވާ ކަމަށެވެ.

View post on Twitter

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަން ވެސް ކުރެއްވި ރީކޯ މޫސާ މަނިކަކީ މީގެ ކުރިންވެސް އެމްޑީޕީގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ޖޫން 2011 ގައި މާރިޔާ އަހުމަދު ދީދީ އެޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން، ރީކޯ ވަނީ އެމްޑީޕީގެ އެކްޓިން ޗެއާޕާސަންގެ މަގާމު ފުރުއްވާފައެވެ.

/

ނަމަވެސް، ޑިސެމްބަރު 2014 ގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ އޭނާ ޕާޓީން ވަކިކޮށްފައެވެ.

އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޕާޓީން ނެރުނު ތްރީ-ލައިން ވިޕާ ހިލާފުވި ކަމަށް ނިންމުމާ ގުޅިގެންނެވެ. ޕާޓީން ވަކިކުރި ނަމަވެސް، ފެބްރުއަރީ 2017 އާ ހަމައަށް އޭނާ މަޖިލީހުގައި ދެމިހުންނެވިއެވެ.

އޭގެ ފަހުން ޖުލައި 2017 ގައި އޭނާ ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާ ގުޅިވަޑައިގެންފައެވެ.

ގާތްގަނޑަކަށް އަށް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ރީކޯ މޫސާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ 9 ނޮވެމްބަރު 2022 ގައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/