logo

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނުކުރައްވައިފި

ސައިފުﷲ އަލީ

8 އޮކްޓޯބަރު 2026 - 05:12
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނުކުރައްވައިފި

SHARE

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިކަން ހާމަކުރެއްވީ މިއަދު ހެނދުނު ރާއްޖެ ޓީވީން ގެނެސްދިން ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވަން ނިންމަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީގެ ވެރިކަމެއްގައި ރައީސާއި ނައިބު ރައީސަކީ ވެސް އެ ޕާޓީގެ ބޭފުޅުންނަށްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލުމާއި މަޝްވަރާއާއެކު ކަމަށް ދެ ބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ. ޕްރައިމަރީން ނާކާމިޔާބުވި ނަމަވެސް، ކާމިޔާބުކުރައްވާ ބޭފުޅަކާއެކު ޕާޓީއަށް ވެރިކަން ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި އިއުލާނާއެކު ފައިސަލް ވެގެން ގޮސްފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން ފައްޔާޒް އިސްމާއިލާއި، އަބްދުﷲ ޝާހިދުގެ އިތުރުން އަހުމަދު ޝަމްހީދު ވެސް ވަނީ މި ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d