logo

އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

ސައިފުﷲ އަލީ

3 އޮކްޓޯބަރު 2026 - 16:09
އެމްޑީޕީގެ "ބޮޑު ބަދަލު" ސިޔާސަތު ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފި

SHARE

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް ހުށަހެޅުއްވި "ބޮޑު ބަދަލު" ސިޔާސަތު އެ ޕާޓީގެ ކޮންގްރެސްއަށް ހާޒިރުވި މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި މި ސިޔާސަތު ފާސްވީ ކޮންގްރެސްއަށް ހާޒިރުވި 530 މަންދޫބުންގެ ތެރެއިން 523 މެންބަރުންގެ ވޯޓުންނެވެ. މި ސިޔާސަތަކީ ގާނޫނުއަސާސީއަށާއި ވެރިކަމުގެ ވައްޓަފާޅިއަށް ބޮޑެތި އިޞްލާޙުތަކެއް ގެނައުމަށް އެކުލަވައިލާފައިވާ ހުށަހެޅުމެކެވެ.

މި އިޞްލާޙީ ސިޔާސަތުގެ ދަށުން ހުށަހެޅި އެންމެ މުހިންމު އެއް ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ސީދާ ޖަވާބުދާރީކުރުވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވޭނީ ސިޔާސީ ކަންކަމުން އެއްކިބާވެ، ގައުމުގެ މުހިންމު ކަންކަމުގައި ބަސްކިޔާ ފަރާތެއްގެ ގޮތުގައެވެ. އަދި ދައުލަތުގެ ވެރިފަރާތް އައްޔަންކުރާނީ ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިސް އެކުވެގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހުށަހެޅުމުގެ ތެރޭގައި މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވުމަށް އޯވަސައިޓް ކޮމިޝަނެއް ގާއިމްކުރުމާއި، އާންމު ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި ގާނޫނުއަސާސީގައިވާ ރައްޔިތުންގެ ހައްގުތަކާއި ޑިމޮކްރަސީގެ މާއްދާތައް އެކި ގޮތްގޮތަށް މާނަނުކުރެވޭނެހެން ސާފުކޮށް ތަފްސީލުކޮށް ލިޔުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށާއި، އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމަށާއި، މެންބަރުން ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމަށްވެސް މި ސިޔާސަތުގައި ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d