logo

އިލްމުވެރިންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް ރީކޯ ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

8 ޖެނުއަރީ 2026 - 08:33
އިލްމުވެރިންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް ރީކޯ ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

SHARE

ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވި މައްސަލަ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުހަށް ހުށަހަޅައިިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ރީކޯ ވަނީ، ރާއްޖޭގެ ދީނި އިލްމުވެރިން އެމްޑީޕީގެ މެންބަރުންނާ ދިމާލަށް "ލާދީނީ" ގޮވާކަމަށް ވިދާޅުވެ، އެކަމުގެ ނުރުހުން ފާޅުކުރައްވާފައެވެ.

އެގޮތުން މީހަކާއި ދިމާލަށް މުރުތައްދުވެފައިވާ ބައެއް ކަމަށް ބުނުމަކީ، އިސްލާމީ ރުކުންތައް ގަބޫލުކުރާ މީހަކާ ދިމާލަށް ކާފަރެކޭ ބުނުން ކަމަށާއި، އެހެން ބުނާ މީހަކީ ކާފަރަކަށް ވާނެ މީހެއް ކަމަށް ރީކޯ އެރޭ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބޭ ދީނީ އިލްމުވެރިންނަކީ އެވަރު ނުދަންނަ، "މުރުތައްދުވެފައިވާ" ބައެއް ކަމުގައި ރީކޯ ވަނީ ވިދާޅުވެފައެވެ.

މި ޕާޓީއާ ދިމާލަށް އެމީހުން އަޅުގަނޑުމެންނަކީ ހަރާމް ކަންތައް ކުރާ ބައެކޭ، އަޅުގަނޑުމެންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް ބުނާއިރު ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ ރުކުންތައް ގަބޫލުކުރި މީހަކާ ދިމާލަށް ފުރަތަމަ ކާފަރެކޭ ބުނުމަކީ ކާފަރަކަށްވުން. އޭނަ ޖެހޭނެ ތައުބާވާން. އެވަރުގެ ގޮތެއް ފޮތެއް ނެތް ދަންނަބޭކަލުންގެ ވާހަކަ މިދައްކަނީ. އެމީހުން އަމިއްލައަށް މުރުތައްދުވެފައި ހުރި ބައެއް އެއީ، - ރީކޯ މޫސާ

ރީކޯ އެހެން ވިދާޅުވުން ކުށްވެރިކޮށް، ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީނަށް އެޑްރެސްކޮށް އިލްމުވެރިންގެ ގުޅުމުން މިއަދު އާންމުކުރި ސިޓީގައި ވަނީ، އިލްމުވެރިންނަށް ނިސްބަތްކޮށް، "މުރުތައްދު ވެފައިވާ ބައެއް" ކަމަށް ރީކޯ ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި އަދި ހައްސާސީ މައްސަލައެއް ކަމަށެވެ.

/

އެގޮތުން ރީކޯގެ އެ ވާހަކަތަކުގެ ސަބަބުން ޑރ. އަފްރާޝީމް އަލީ ފަދައިން، މިހާރު ތިއްބެވި ދީނީ އިލްމުވެރިންގެ ފުރާނަ ވެސް ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް އެ ސިޓީގައި ބުންޏެވެ.

އެހެންކަމުން ރީކޯގެ އެ ވާހަކަތައް ދެ މުހިންމުކަމަކަށް ހިތްވަރުދޭ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެއީ:

  • ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަކަށް ވާހަކަދެއްކުން އަދި

/
  • ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފްރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުން.

އެހެންކަމުން ލައިވްޓީވީގައި ރީކޯ މޫސާ ދެއްކި ވާހަކަތަކާއި މެދު ތަހުގީގެއް ހިންގައި، ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގުޅުމުން ވަނީ އެދިފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/