logo

މަހަލްދީބް ފައުންޑޭޝަނުގެ 'ކަމުކާ'، މިފަހަރު ހަންޏާމީދޫގައި

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

31 ޖެނުއަރީ 2026 - 09:01
މަހަލްދީބް ފައުންޑޭޝަނުގެ 'ކަމުކާ'، މިފަހަރު ހަންޏާމީދޫގައި

SHARE

މަހަލްދީބް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިލްމުވެރިންގެ މަހާސިންތާ 'ކަމުކާ' ޕްރޮގްރާމް މިއަހަރު އދ. ހަންޏާމީދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއީ މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ފައުންޑޭޝަނުން ސިލްސިލާކޮށް ހިންގަމުން އަންނަ މުހިންމު ހަރަކާތެކެވެ.

މީގެ ކުރިން ބޭއްވި ޕްރޮގްރާމްތައް ވަކި ސަރަހައްދުތަކަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް، މިއަހަރުގެ ހަރަކާތްތައް ހާއްސަކޮށްފައިވަނީ ހަމައެކަނި ހަންޏާމީދޫއަށެވެ.

މަހަލްދީބް ފައުންޑޭޝަނުން މައުލޫމާތު ދޭ ގޮތުގައި މިފަހަރުގެ ހަރަކާތުގައި ޖުމްލަ 8 އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި އިލްމުވެރިންނާއި ފެސިލިޓޭޓަރުންގެ އެހީތެރިކަމާއެކު ދީނީ އަދި އިޖުތިމާއީ ގިނަ ޕްރޮގްރާމްތަކެއް ރަށުގެ ރައްޔިތުންނަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ރަށުގެ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބައިވެރިވެވޭނެ ފަދަ ތަފާތު ހަރަކާތްތައް ވަނީ ހިމަނާފައެވެ. އެގޮތުން އަންހެނުންނަށް ހާއްސަ ވޯކްޝޮޕްތަކާއި، ޒުވާނުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކުގެ އިތުރުން ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

https://pnc.mv/local-council-inthihaab-2026

މީގެ އިތުރުން، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޮޑު ދަރުހާއި، އާންމު ފޯރަމްތަކާއި، މިސްކިތް ދަރުސްތަކުގެ އިތުރުން ހުކުރު ހުތުބާ ވެސް މި ޕްރޮގްރާމުގެ ތެރެއިން ކުރިއަށްދާނެއެވެ. ޒުވާނުންނާ ގާތުން މައުލޫމާތު ހިއްސާކުރުމަށް 'ޒުވާނުންގެ ކޮފީ' ނަމުގައި ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 4 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މަހަލްދީބް ފައުންޑޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އަދި އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/