logo

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

11 ޖެނުއަރީ 2026 - 08:18
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ 87 އިންސައްތަ ނިމިއްޖެ

ހުޅުމާލެ ފޭސް ތިނެއް ހިއކުމުގެ މަސައްކަތުގެ ތެރއިން--ފޮޓޯ/އެމްއޭސީއެލް

SHARE

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ތެރެއިން 87 އިންސައްތަ ހިއްކާ ނިމިއްޖެކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްއޭސީއެލްއިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހާ ހަމައަށް ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމި މުޅި ޖުމްލަ 87 އިންސައްތަ މިހާރު ވަނީ ހިއްކާނިމިފައެވެ. އަދި މިއީ ހުޅުމާލެ ފޭސް ތިނެއް ހިއްކުމަށް ހަމަޖެހިފަިވާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ ތެރއިން ތެރެއިން 55 ހެކްޓަރުކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

2023 ވަނަ އަހަރު ފެށި މި މަސައްކަތް އެކި މައްސަލަތަކާ ހުރެ މެދުކެނޑުނު ނަމަވެސް މިދިޔަ ނޮވެމްބަރު މަހު މިވަނީ އަލުން މަސައްކަތް ފަށާފައެވެ.

މި މަސައްކަތަ ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް އެއްފަހަރާ 22000 ކިއުބިކް މީޓަރުގެ ވެލި ނެގޭ ބޮޑު ދެ ޑްރެޖަރުވެސް ރާއްޖެ ގެނެސްފައިވެއެވެ. މިއާއެކު މި މަސައްކަތް މިހާރު މިވަނީ ނިމުމަކާ ގާތްވެފައެވެ.

/

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/