
ކަނޑުއޮތްގިރީގައި ކަންނެލި ކިރަނީ-- ފޮޓޯ: މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރޮސޯސެސް
SHARE
ކ. ކަނޑުއޮތްގިރީގައި ބޮޑު ކަންނެލި ގަންނަށް ފަށައިފިއެވެ.

މިފްކޯއިން އެ ރަށުން ރަސްމީކޮށް ކަންނެލި ގަންނަން ފަށާފައިވަނީ މިމަހު 10 ވަނަ ދުވަހެވެ. ގަންނަން ފަށާފައިވަނީ ކިލޯއެއް 25 ރުފިޔާ އަށެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް އެ ރަށަށް ޒިޔާރަތްކުރައްވާ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައިފައެޗެ. ވަޒީރާއެކު މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަށް ފައިދާވާނެެހެން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރާނީ މަސްވެރިކަމުގައި ޝާމިލްވާ އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް އެންމެނަށް ވެސް ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން ބޭނުންވަނީ މަސްވަރިންނަށް އެންމެ ރަނގަޅު ގޮތެއް ހޯދައިދިނުން" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް ނިކަމެތި ކަމެއް ލިބޭ ނަމަ އެކަމެއްގައި ސަރުކާރުން ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ މިކަން ކުރިއަށް ގެންދާނީ ސަރުކާރުން އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާ އެއްގޮތުގެ މަތިން ކަމަށެވެ.
.jpg&w=3840&q=75)



