
ނޫސްވެރިންތަކެއް، ނޫސް ބައްދަލުވުމެއްގައި
SHARE
ރާއްޖޭގެ 40 މީޑިއާ އަކަށް 27.2 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން މިހެން ބުނީ އެ މިނިސްޓްރީން މިއަދު "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ.
އެ ޕޯސްޓުގައި ޔޫތު މިނިސްޓްރީން ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައުދުފުޅާ އެއްގޮތަށް 40 މީޑިއާ އަކަށް ޖުމުލަ 27،295،532.69 ރުފިޔާ ދީފައިވާ ކަމަށެވެ.
އެގޮތުން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ސަންގު ޓީވީ އަށެވެ. އެއީ 1،081،074،53 ރުފިޔާއެވެ. އަދި ސަން އޮންލައިން އަށް 1،068،280،75 ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން ވީނިއުސް އަށް 9 ލައްކަ އަށްވުރެ ގިނަ ރުފިޔާ، އައިސް ޓީވީއަށް 9 ލައްކަ އަށްވުރެ ގިނަ ރުފިޔާ، ދިވެހި ޗެނަލްއަށް 8 ލައްކަ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.

އަދި މިހާރު އޮންލައިންއަށް 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ، ވަގުތު ނޫހަށް 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ، ވަން އޮންލައިންއަށް 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު ދައުރު ނޫހަށް 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ.
ބާކީ ދެން ހުރި ހުރިހާ މީޑިއާތަކަކަށްވެސް 6 ލައްކައާއި 5 ލައްކައާ ދެމެދުގެ އަދަދަކަށް ރުފިޔާ ދީފައިވެއެވެ.
.jpg&w=3840&q=75)





