logo

ދެ ތަނެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ފާޠިމަތު ހިބާ

ފާޠިމަތު ހިބާ

29 ޖެނުއަރީ 2026 - 06:00
ދެ ތަނެއް ބަލައި ފާސްކޮށް 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހުއްދަނެތި ވިޔަފާރިކުރަމުންދިޔަތަންތަން ބަލައި ފާސްކުރަނީ --ފޮޓޯ/އިމިގްރޭޝަން

SHARE

ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައި ފާސްކޮށް 15 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނި ގޮތުގައި މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ ފުލުހުންނާއި އިމިގްރޭޝަންއާއި ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަންއެއްގެ ތެރެއިންނެވެ.

ފުލުހުން ބުނީ އިއްޔެ ހިންގި ޖޮއިންޓް އިންސްޕެކްޝަންގެ ތެރެއިން ދެ ގެއެއް ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި އިންސްޕެކްޝަނުގެ ތެރެއިން ބަލައި ފާސްކުރި އެއް ގޭގެ ތެރޭގައި އެއްވެސް ހުއްދައެއްނެތި ވިޔަފާރި އުސޫލުން ރޮށިފިހެ ވިއްކަމުންދިޔަކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުންވަނީ އެ މަސައްކަތްތައް މިހާރު ހުއްޓުވާފައެވެ.

މި އިންސްޕެކްޝަންގެ ތެރެއިްނ ބަލައި ފާސްކުރި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި މުދާ ވިއްކަމުންދިޔަކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

ފުލުހުން ބުނީ މިހާރު މި ދެ ތަންވެސް ބަންދުކޮށްފައިވާކަމަށެވެ. އަދި އިންސްޕެކްޝަނަށްފަހު ޖުމްލަ 15 ބިދޭސީ ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/