logo

ނޯތު ހާބަރުގައި އޮތް ބޯޓަކުން ހަބަރު ހުސްވެފައި ތިބި ފަޅުވެރިންތަކެއް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

4 އޭޕްރީލު 2026 - 03:11
ނޯތު ހާބަރުގައި އޮތް ބޯޓަކުން ހަބަރު ހުސްވެފައި ތިބި ފަޅުވެރިންތަކެއް

SHARE

މާލޭގެ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ތިބި ބަޔަކު ހާލު ދެރަވެ، ހަބަރު ހުސްވެފައިވާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:35 އެހައިކަންހާއިރުއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ބޯޓުގެ ތެރޭގައި ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެކެވެ. މި ފަސް މީހުންނަކީ ވެސް ފިރިހެނުންނެވެ. މި މީހުން ފެނުމާއެކު، އެ މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އެންމެންނަށް ވެސް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހޮސްޕިޓަލުންނާއި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މީހުން ހަބަރު ހުސްވާން މެދުވެރިވި ސަބަބެއް ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ބޯޓު އޮތް ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/