ބަނގުރާ ގެންގުޅެ ވިޔަފާރިކުރުމުގެ މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފި

އަޙްމަދު ޝާބިން
1 އޭޕްރީލު 2026 - 11:58

SHARE
ބަނގުރާގެންގުޅެ ވިޔަފާރިކުރުމުގެ މައްސަލައިގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ އިންޑިއާގެ ރައްޔިތެއްކަމަށްވާ ދިނިޝް މުގުރަންއެވެ.
މާރިޗް މަހުގެ 30 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި، އޭނާ ދުއްވި ސައިކަލު ބަލައިފާސްކުރިއިރު 12 ފުޅި ބަނގުރާ ފެނިފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އޭނާ މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އޭނާ ދުއްވި ސައިކަލުވެސް ޓޯކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.




