logo

ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު އައްޔަންކުރައްވައިފި

ޢާއިޝަތު ނުޒުހާ

ޢާއިޝަތު ނުޒުހާ

5 އޭޕްރީލު 2026 - 07:12
ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު އައްޔަންކުރައްވައިފި

SHARE

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޮލިސް ކޮމިޝަނަރު ކަމަށް އަހުމަދު މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އޭނާ މި މަގާމަށް އައްޔަން ކުރައްވާފައިމިވަނީ ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އަހުމަދު މުހައްމަދު މަގާމަށް އައްޔަން ކުރުމާ ގުޅިގެން ފުލުހުން ބުނި ގޮތުގައި އޭނާއަކީ ފުލުހުންގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅުކެވެ. އޭނާ ވަނީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވައިފައެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަހުމަދު މުހައްމަދު ވަނީ އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް ވެސް ފުރިހަމަ ކުރައްވައިފައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/