
ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ ޤައުމީ މައްސަލައެއް: ނަޝީދު

އަޙްމަދު ޝާބިން

ރައީސް މުޙައްމަދު ނަޝީދު --
SHARE
ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ ޤައުމީ މައްސަލައެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ވިދާޅުވި ގޮތުގައި ދިވެހި ދަރަނީގެ މައްސަލައަކީ މިއަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ޤައުމީ މައްސަލައެކެވެ.
އަދި ދަރަނި ނަގާފައިވަނީ ރައްޔިތުންނަށް އަނބުރާ ދެއްކުނަ ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓްގައި ކަމަށާއި އަދި މިފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެވެ.
ހަމަ އެއާކު ރާއްޖެ މިވަނި ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފާވާކަން ސާފުކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ނަޝީދު އެފަދައިން ވިދާޅުވިއިރު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން ގެ ”ކުއާޓާލީ ޑެބްޓް ބުލެޓިން“ 2025 ގެ ދެވަނަ ކުޓަރގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ 124 އިންސަތައަށް އަރައެވެ.





