logo

ނަޝީދުގެ ޚިޔާލަކީ ޑޮލަރުގެ ރޭޓް ފްލޯޓްވާން ދޫކޮށްލުން

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

25 ފެބްރުއަރީ 2026 - 08:14
ނަޝީދުގެ ޚިޔާލަކީ ޑޮލަރުގެ ރޭޓް ފްލޯޓްވާން ދޫކޮށްލުން

SHARE

ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ކަނޑައެޅުމުގައި ބާޒާރުގެ ތަބީއަތަށް، ފްލޯޓްވާން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ އަގާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރުފިޔާ ޑީވެލިއުކޮށް، އެމެރިކާ ޑޮލަރެއްގެ ރޭޓް 20 ރުފިޔާއަށް ބަދަލުކުރި ނަމަވެސް، އެ ރޭޓުގައި ބޭންކުތަކުން ޑޮލަރު ނުލިބޭނަމަ ކަޅު ބާޒާރު ގަދަޔަށް ހިނގާނެ ކަމަށެވެ.

އެހެންކަމުން ރާއްޖެއަށް ރަނގަޅު ގޮތަކީ އެކްސްޗޭންޖް ރޭޓް މުޅިން ފްލޯޓްކޮށް، ޑޮލަރުގެ އަގަކީ ބާޒާރުގެ ތަބީއަތުން ކަނޑައެޅޭ ހަމަ އަގަށް ހެދުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ކަޅު ބާޒާރުގައި މިހާރު ޑޮލަރެއްގެ އަގު ހުރީ ގާތްގަނޑަކަށް 20 ރުފިޔާގައެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ މިދިޔަ އަހަރުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެނެސް، ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްކޮށްފައެވެ.

https://pnc.mv/local-council-inthihaab-2026

މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި މި ގަވާއިދުގެ ދަށުން، ރިސޯޓުތަކާއި، އިންޓްގްރޭޓެޑް ރިސޯޓުތަކާއި، ޕްރައިވެޓް އައިލަންޑްތަކުން ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރަން ޖެހެއެވެ.

މީގެ އިތުރުން ޓޫރިސްޓް އުޅަނދުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުން ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ ބޭންކަށް މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/