

ިމާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހ
SHARE
ރޯދައަށް ބާޒާރުމަތީ މަގު ހަތަރު ލޭނަށް ތާރުއަޅާ ފުޅާކޮށް އާންމުންނަށް ހުޅުވައިފިއެވެ.

މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރަމުންދާ ސަރަހައްދުގެ މަސަކަތް މިދިޔަ ޑިސެންބަރު މަހުގެ ނުވަ ވަނަ ދުވަހު ފެށުނު އިރު އެންމެ ދެމަސްދުވަސްތެރޭ ވަނީ ނިންމާލާފައެވެ.
ދެވަނަ ފިޔަވަހީގެ މަސަކަތުގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާހަމައަށް 254 މީޓަރުގެ މަގެއް ވަނީ ހަދާ 260 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ވަނީ ނިންމާފައެވެ. މިޔާއެކު ސަބްބޭސް އާއި އޭބީސީ ތައްޔާރުކޮށް ތާރު އަޅާ، ހިނގާ މީހުންނަށް ވަކި ލޭނަކާއި ފެންހިންދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފައެވެ.
ޖުމްލަ 55.9 މިލިއަން ރުފިޔާގެ މި ފިޔަވަހި ވަނީ އެމްޓީސީސީއިން ރެކޯޑް މުއްދަތެއް ތެރޭގައި ނިންމާލާފައެވެ.
މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމުގެ ކުރިން މަގު ފެހި ކުރުމަށްޓަކައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުالله މުއްޘަލިބްއާއ،ި ސަރުކާރުގެ ވަޒީރުންނާއ،ި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީއަޙުމަދު ސަޢުދީ އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެ އިއްޔެ ވަނީ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން
މި މަގު ފުޅާކޮށް ތާރުއެޅުމުގެ ސަބަބުން ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވާނެ ފަސޭހަ ވަޒީރުވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަގު ހެދިފަވާނީ އަންނަ އުޅަނދުތަކަށް ފެނާއި ކަރަންޓު ލިބޭނެ ފަދަ އިންތިޒާމެއްގެ ދަށުން ކަމަށާއި މުދާއަރުވާ ބޭލުމަށް އިތުރު ފަސޭހައެއް ވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފެންހިންދާ ނިޒާމުގެ ޕަންޕުތަކާއި ނަރުދަމާގެ ބައެއް ނުނިމި ހުރި މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފިޔަވަހިތަކަކަށް ބަހާލެވިގެން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުގެ މަސަކަތް ކުރެވެމުން ދާއިރު ފުރަތަމަ ފިޔަވަހި ނިންމާ ހުޅުވާލާފައިވަނީ އަށެއް ޑިސެމްބަރު 2025 ވަނަ ދުވަހުއެވެ.





