logo

ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން މި މަހު ފަށަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

21 ފެބްރުއަރީ 2026 - 10:24
ހެންވޭރު ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން މި މަހު ފަށަނީ

މާލޭ ނޯތު ހާބަރާ ދިމާ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާލުމަށް ތައްޔާރުވެފައި ---

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން އިރަށް ހެންވޭރު ޓާމިނަލާ ހަމައަށް މަގު ހެދުމުގެ އަމަލީ މަސައްކަތް މި މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޓީސީސީން ބުނި ގޮތުގައި، ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެ ސަރަހައްދުގެ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފެށޭނެއެވެ. އަދި މިހާރު ތާވަލުކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ، މޭ މަހުގެ ނިޔަލަށް މުޅި މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް ފަށާ ފިޔަވަހީގައި 600 މީޓަރުގެ ސަރަޙައްދެއް ޝީޓްޕައިލް ކުރުމަށް ހަމަޖެހިފައިވާއިރު، 700 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ދެ ސެގްމެންޓެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އެއީ ރަސްމީ ފާލަމުން ފެށިގެން އެމްޕީއެލްއާ ހަމައަށެވެ. އެންމެ ފަހުން ތަރައްގީކުރި އެމްއެމްއޭއިން ފެށިގެން އެމްޕީއެލް ސަރަހައްދާ ހަމައަށްވާ ބައި ނިންމައި އާންމުންނަށް ހުޅުވާލާފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައެވެ. މިހާރު އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ގޮތަށް ބަދަލުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 144 މިލިއަން ރުފިޔާއެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/