logo

ނޯތު ހާބަރު މިރެއިން ފެށިގެން އަލުން ހުޅުވާލަނީ

މިރާޝް މޫސާ

18 ފެބްރުއަރީ 2026 - 12:41
ނޯތު ހާބަރު މިރެއިން ފެށިގެން އަލުން ހުޅުވާލަނީ

މާލޭ ނޯތު ހާބަރާ ދިމާ، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާލުމަށް ތައްޔާރުވެފައި ---

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަޅި ތަރައްގީ ކުރުމަށް ބަންދު ކުރި ނޯތު ހާބަރު މިރޭ އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެ ފަޅު މިރޭ 23:00ގައި މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް އަލުން ހުޅުވާލާނެ ކަމަށް އެމްޕީއެލްއިން ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ. އަދި، ބަނދަރުން ޚިދުމަތް ލިބޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

View post on Twitter

https://pnc.mv/local-council-inthihaab-2026

މިރޭ ނޯތު ހާބަރު އަލުން ހުޅުވާލާއިރު، އެ ބަނދަރުގެ އެއްގަމުތޮށި ހިމެނޭހެން ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު ވަނީ ޒަމާނީ ފެންވަރަށް މަރާމާތުކޮށް އަލުން ހުޅުވާފައެވެ. އެގޮތުން އަލަށް ތަރައްގީކުރި ސަރަހައްދުގައި މުދާ އަރުވާ ބޭލުމަށް ހާއްސަ ސަރަހައްދުތަކާއި، އޮޑިދޯނި ފަހަރަށް ބޭނުންވާ ކަރަންޓާއި، ފެން ނެގޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދުު އަލުން ހުޅުވާލާފައިިވަނީ ހަތަރު ލޭނަށް މަގު ފުޅާކޮށް، ތާރުއެޅުމަށް ފަހުއެވެ. ބޮޑުތަކުރުފާނު މަގު އެއްކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ތެރެއިން، ނޯތު ހާބަރު ހިމެނޭ ސަރަހައްދުގެ މަަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް އެއްކޮށް ނިންމާ، މިމަހުގެ 16ވަނަ ދުވަހު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/