logo

ދެ އިންތިޚާބު އެއްކޮށްލުމުގެ ވޯޓު އޮންނާނީ ކައުންސިލް އިންތިޚާބާއެކު

މިރާޝް މޫސާ

16 ފެބްރުއަރީ 2026 - 14:33
ދެ އިންތިޚާބު އެއްކޮށްލުމުގެ ވޯޓު އޮންނާނީ ކައުންސިލް އިންތިޚާބާއެކު

ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނަށް ގެނައި އިސްލާހެއް ތަސްދީގުކުރައްވަނީ

SHARE

ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ފެނޭތޯ ބެލުމަށް ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރައީސް މިއަދު ނެރުއްވި ގަރާރަކުން އެގޮތަށް ނިންމަވާފައިވަނީ، ގާނޫނު އަސާސީއަށް މަޖިލީހުން ގެނައި އިސްލާހަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށް ލާޒިމުކޮށްފައިވާތީއެވެ.

މި ނިންމެވުމާއެކު، އަންނަ އޭޕްރީލްމަހު ލޯކަލް ކައުންސިލް އިންތިޚާބާއެކު، މިކަމާ ގުޅޭ ރިފަރެންޑަމް ވޯޓު ވެސް ކުރިއަށްދާނެެއެވެ. އެ ވޯޓު ކަރުދާހުގައި ޚިޔާލު ހޯދުމަށް އޮންނާނެ ސުވާލަކީ؛

"ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.

ހިނގަމުން މިދާ 20ވަނަ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހުގަިއ ވާގޮތުން، ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ލާޒިމުވާ އިސްލާހެއް މަޖިލީހުން ފާސްކުރުމަށް ފަހު. އެ ބިލުގައި ހިމެނޭ އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކުރާ ހާލަތުގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގުކުރާންވާނީ އެ އިޞްލާޙެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިޞްލާޙެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެނަމައެވެ.

https://pnc.mv/local-council-inthihaab-2026

ރައްޔިތުންގެ ތާއީީދު ލިބިއްޖެ ނަމަ، 15 ދުވަހުގެ ތެރޭ ބިލް ގެޒެޓުކުރަންވާނެ ކަމަށާއި، ތާއީދު ނުލިބިއްޖެނަމަ އެ ބިލް ބާތިލުވާނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ފާޅުކުރައްވާފައިވާ ޚިޔާލުފުޅެކެވެ. ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކައިރި ކައިރީގައި އޮންނަ އެ ދެ އިންތިޚާބު އެއްކޮށްލުމުން ދައުލަތުން އުފުލަން ޖެހޭ ޚަރަދުން ބޮޑު ބައެއް ސަލާމަތްވާނެ ކަމަށެވެ.

މި ބިލުގެ ކޮމިޓީ މަރުހަލާގައި ސަރުކާރުން ފާހަގަކުރި ގޮތުގައި ސަރުކާރެއްގެ ދައުރުގެ ތެރެއިން ތިން އިންތިޚާބު އަންނާތީ ދައުލަތް އަބަދު އޮންނަނީ "އިންތިޚާބީ ހުމެއް"ގައެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އަސްލު މަސައްކަތަށް ހުރަސްއެޅެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ މި އިސްލާހުގެ ސަބަބުން ޑިމޮކްރަސީގެ އަސާސްތައް ހީނަރުވާކަމަށް ބުނެފައެވެ.

/

މި އިސްލާހު ތަސްދީގުވެއްޖެނަމަ، ހިނގަމުންދާ 20ވަނަ މަޖިލީހުގެ ދައުރުން ހަ މަހެއްހާ ދުވަސް ކުރު ކުރަން ޖެހޭނެއެވެ. އަދި 21ވަނަ މަޖިލީހުގެ އިންތިޚާބު އޮންނާނީ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކީގައެވެ.

/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/