logo

ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

9 މާރިޗު 2026 - 07:41
ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް: ގާސިމް

މެންބަރު ގާސިމް އިބްރާހީމް

SHARE

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަމަޖެއްސުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ދިގު ޕޯސްޓެއްގައި ގާސިމް ވިދާޅުވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖޭގެ ސިޔާސީ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ދެ އިންތިޚާބު އެކުގައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވެރިކަމަށް އައުމަށްފަހު ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، ގާސިމް ވިދާޅުވީ މިހާރު އޮތް ނިޒާމުގެ ތެރެއިން އިންތިޚާބުވާ ރައީސަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަން ޖެހޭ ކަމަށެވެ.

ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އަލަށް އެކުލަވާލާ ސަރުކާރުތަކަށް ޖެއްސުންކުރުމާއި، ބަޖެޓް ހާވިޔާކޮށްލުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް މީގެ ކުރިން މަސައްކަތް ކޮށްފައިވެއެވެ.

"ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ،" ގާސިމް ވިދާޅުވިއެވެ.

https://pnc.mv/local-council-inthihaab-2026

އިގްތިސާދީ ގޮތުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުން ރައްޔިތުންގެ ޓެކްސް ފައިސާއިން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ސިޔާސީ ނިޒާމުގެ ތެރޭގައި އުފެދޭ ހަމަނުޖެހުންތަކާއި ކޮރަޕްޝަންގެ ތުހުމަތުތައްވެސް ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން ގެނައި މި އިސްލާޙާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ފެންނަނުފެންނަ ވޯޓުގައި، ދެ އިންތިޚާބު އެއްކޮށްލުމަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމަށް ގާސިމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިޚާބާ އެކުގައެވެ.

/
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/