logo

މޮޓޯ ކޮޕްރެހެންސިވް އިންޝޫރެންސެއް އޮވެގެން މެނުވީ އެއްގަމު އުޅަނދެއް ނުދުއްވޭ ގޮތް ހަދަނީ

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

17 ފެބްރުއަރީ 2026 - 10:26
މޮޓޯ ކޮޕްރެހެންސިވް އިންޝޫރެންސެއް އޮވެގެން މެނުވީ އެއްގަމު އުޅަނދެއް ނުދުއްވޭ ގޮތް ހަދަނީ

ބާރުބޮޑު ދުވަހެއްގައި މާލޭގެ ބާރުބޮޑު ދުވަހެއްގައި -- ފޮޓޯ: މިހާރު

SHARE

އަނެކާއާއި އެއްވަރަށް އަމިއްލަ މީހާއަށް ވެސް ގެއްލުމުގެ ބަދަލު ލިބޭނެ، މޮޓޯ ކޮމްޕްރަހެންސިވް އިންޝޫރެންސެއް އޮވެގެން މެނުވީ އެއްގަމު އުޅަނދެއް ނުދުއްވޭނެ ފަދައިން ހެދުމަށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އެ އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްއެވެ. މިއަދު ވަނީ އެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވައިފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު މިހާރު އޮންނަ ގޮތުން، އެ ގާނޫނުގެ 69ވަނަ މާއްދާގެ (ހ) ބުނާ ގޮތުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓެއްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުމުގެގޮތުން ކުރާ ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމަށްފަހުގައެވެ.

އެހެން ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނާ ގޮތުން، ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވަންވާނީ، އެ އުޅަނދެއް އެކްސިޑެންޓެއްވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަކަށް ނުވަތަ އެއްޗަކަށް ލިބޭ ގެއްލުމަށާއި، އެކްސިޑެންޓްވީ އުޅަނދަށް ނުވަތަ އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ވެސް ބަދަލު ލިބިދިނިމުގެ ގޮތުން، މޮޓޯ ކޮމްޕްރަހެންސިވް އިންޝޫރެންސެއް އޮވެގެންނެވެ.

އަދި އެކަމުގެ ބޭނުމަކީ މިހާރު ގާނޫނު އޮތް ގޮތުން ކަމެއް ދިމާވާ ވަގުތެއްގައި އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ހުރަސްއެޅޭތީ އެކަމަށް ޙައްލު ހޯދުން ކަމަށް އެ ބިލުގައި ބުންޏެވެ.

https://pnc.mv/local-council-inthihaab-2026
/
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/